ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ ކުޅަދާނަ ޑައިރެކްޓާރު އަދިތިޔަ ދާރްގެ ފިލްމު "ދުރަންދާރު"ގެ ޓްރެއިލާއާއި އެކު މި ފިލްމުގައި އަރުޖުން ރާމްޕާލް ފެނިގެންދާ ރޯލާމެދު ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދިއްޖެއެވެ.

އަންނަ މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ މި ފިލްމަކީ ކުޅަދާނަ ތަރިންތަކެއް ހިމަނައިގެން ގެންސްދޭ ފިލްމެކެވެ. ޖާސޫސީ ތްރިލާ ދުރަންދަރުގައި، އަރުޖުން ކަޕޫރު ފެނިގެން ދަނީ ބިރުވެރި އައިއެސްއައިގެ އޮފިޝަލެއްގެ ގޮތުގައެވެ. އަންގާރަ ދުވަހު ލޯންޗުކުރި ފިލްމުގެ ޓްރެއިލާ ފެށިގެންދާއިރު އެންމެ ފުރަތަމަ ފެނިގެންދަނީ އެއްވެސް ރަހުމެއް ނެތި ވަރަށް އަނިޔާވެރި ގޮތަކަށް އަރްޖުންގެ ކެރެކްޓަރު ތައާރަފްކޮށްދޭ މަންޒަރު ފެނިގެންދެއެވެ. މި މަންޒަރުގައި އަރްޖުންގެ ކެރެކްޓާ، ފިރިހެނަކަށް އަނިޔާކޮށް އޭނާގެ ހަށިގަނޑުގައި ގިނަ އަދަދެއްގެ ހޫކްތައް ޕިންކޮށް، ގާތްގަނޑަކަށް އޭނާ ދިރިހުއްޓާ ހަންގަނޑު ނޮޅާލަން މަސައްކަތްކުރާ މަންޒަރެވެ.

https://www.youtube.com/watch?v=BKOVzHcjEIo

ފިލްމުގެ ޓްރައިލާ ބެލި ގިނަ ބަޔަކު އަންނަނީ މިއީ ވަރަށް އަނިޔާވެރި މަންޒަރެއް ކަމަށާއި، އެކްޝަން ފިލްމުތަކުގައިވެސް މިފަދަ މަންޒަރުތައް ހިމެނުން ހުއްޓާލަންޖެހޭ ކަމަށް ބުނެފައެވެ. އަދި މިފަދަ އަނިޔާވެރި މަންޒަރަކުން އަރްޖުން ފެނުމާއި ގުޅިގެން ގިނަ ބައެއް ސުވާލުތަކެއް އަމާޒުވަމުން އަންނައިރު މި ފިލްމުގައި އޭނާ ފެނިގެންދާނީ ވިލަން އެއްގެ ރޯލުންތޯވެސް ގިނަ ބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ. އެހެންނަމަވެސް އޭނާ ވަނީ މި ކަމާއި ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާކަމަށް ބުނެފައެވެ.

އިންޑިއާގެ ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވާ އޮފިސަރުންގެ ދިރިއުޅުން އަސްލަކަށް ބަލައިގެން އުފައްދާފައިވާ މި ފިލްމުގައި އަރުޖުންގެ އިތުރުން ފެންނާނެ މުހިއްމު ތަރިންގެ ތެރޭގައި ސަންޖޭ ދަތު، އަކްޝޭ ކަންނާ، ރަންވީރު، އާރް މާދަވަން އަދި މާނަލް ގޯހިލް ހިމެނެއެވެ. މި ފިލްމުގެ ބަތަލާގެ ރޯލްއިން ފެނިގެންދާނީ ސާރާ އަރުޖުންއެވެ.