އުރީދޫ މޯލްޑިވްސް ފަން ރަން ބިލްޑިން ލައިޓްތަކުގެ ވީޑިއޯތައް ރެކޯޑްކޮށް، ޝެއާ ކުރުމަށް ހުރިހާ ފަރާތްތަކަށް ދައުވަތު އަރުވައިފިއެވެ.
އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ދެފަހަރު ކުރިއަށް ގެންދާ އުރީދޫ ފަންރަން ޑިސެމްބަރު 19 ގައި ހުޅުމާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އުރީދޫ ފަން ރަން ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ހުންނަ އުރީދޫ ބިލްޑިން ކޮންމެ ރެއަކުވެސް ދަނީ ދިއްލާލަމުންނެވެ.
އެއާއެކު މި ހަރަކާތް އިތުރަށް ހާއްސަކުރުމުގެ ގޮތުން، އުރީދޫއިން ވަނީ ފަން ރަން ބިލްޑިން ލައިޓްތަކުގެ ވީޑިއޯތައް ރެކޯޑްކޮށް ޝެއާ ކުރުމަށް ހުރިހާ ފަރާތްތަކަށް ވެސް ދައުވަތު އަރުވާފައި ވެއެވެ. އަދި ވީޑީއޯ ޝެއާކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ހާއްސަ އިނާމެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ހާއްސަ ހަރަކާތުގައި ބައިވެރިވުމަށް:
- އުރީދޫ ފަންރަން އަށް ހާއްސަ ކޮށް އުރީދޫ ބިލްޑިންގް ދިއްލާލާފައިވާތަނުގެ ވީޑިއޯއެއް ނަގާ
- އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓިކްޓޮކް ގައި ޕޯސްޓްކޮށް
- އުރީދޫ މޯލްޑިވްސް ޓެގްކޮށް އަދި އުރީދޫ ފަންރަން ހޭޝްޓެގް ބޭނުންކުރުން (ooredoomaldives #OoredooFunRun@)
މި މުބާރާތް ކުރިއަށް ދާނީ 31 އޮކްޓޯބަރު 2025ގެ ނިޔަލަށް ކަމަށް ވެއެވެ.
ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުން "އުރީދޫ ފަން ރަން" އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. އެގޮތުން މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި މަޖާ ހަރަކާތްތަކުގައި 6500 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ.
