މިއަދު ހެނދުނު ހދ. ކުޅުދުއްފުއްޓަށް ދިޔަ މޯލްޑިވިއަންގެ މަތިންދާބޯޓެއް، މޫސުން ގޯސްވުމުގެ ސަބަބުން އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެވެ.

މޯލްޑިވިއަންގެ އެ ބޯޓު ކުޅުދުއްފުއްޓަށް ޖައްސަން އޮތީ މިއަދު ހެނދުނު 9:40ގައެވެ. އެހެންނަމަވެސް ބޯޓު ކުޅުދުއްފުށީ ރަންވޭގައި ޖެއްސޭތޯ ގަޑިއިރެއްހާއިރު މަތީގައި އުދުހުމަށްފަހު، ކުޅުދުއްފުށީގައި ނުޖެއްސުމުން ދެން ބޯޓު އަނބުރާލީ ނ. މާފަރު އެއާޕޯޓުގައި ޖެއްސުމަށެވެ. އެކަމަކު އެ އެއާޕޯޓުގައި ވެސް ނުޖެއްސުމުން މިއަދު 11 ޖަހާކަންހާއިރު ބޯޓުވަނީ އަބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައެވެ.

މިއަދު ކުޅުދުއްފުއްޓަށް ދިޔަ މޯލްޑިވިއަން ބޯޓުގެ ރޫޓިން

ރާއްޖެއަށް މިހާރު ހުޅަނގު މޫސުމުގެ ވިއްސާރަކުރަމުން އަންނައިރު މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ އުތުރަށް މިވަގުތު މޫސުން ވަރަށް ބޮޑަށް ގޯސްވާނެކަމަށް ލަފާކޮށްފައެވެ.

މީގެ އިތުރުން ކަމާއި ގުޅޭ އިދާރާތަކުން އަންނަނީ މޫސުމަށް ބަލައިގެން ދަތުރުކުރުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ.