ދޯންޏަކުން ގދ. ނަޑެއްލާއަށް ފޭބި 34 އަހަރުގެ ދިވެއްސަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ ފެނިއްޖެއެވެ.
ފުލުހުން ގެއްލިގެން ހޯދަމުން ގޮސްފައިވަނީ ހދ. ނޮޅިވަރަމް، ސުހާނީ، އާދަމް އިބްރާހިމްއެވެ. ފުލުހުން ބުނީ އޭނާ ފެނިފައިވަނީ މިއަދު 16:45 އެހާކަންހާއިރު ނަޑެއްލާ ކައިރީ އޮންނަ ފަޅުރަށަކުން ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ފުލުހުން ބުނީ މި މަހުގެ 11 ވަނަ ދުވަހުގެ 14:00 އެހާކަންހާއިރު ގދ. ނަޑައްލާއަށް ކައިރިކުރި “އިތުބާރު” ނަމަކަށް ކިޔާ ދޯނިން އެރަށަށް ފޭބުމަށްފަހު އެނބުރި ދޯންޏަށް އައިސްފައިނުވާތީ އާއި އޭނާގެ އެއްވެސް ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 22:25 އެހާކަންހާއިރު ކަމަށެވެ.
މި މައުލޫމާތު ލިބުމާއެކު ރޭގެ ވަގުތެއްގައި ފުލުހުންގެ ޓީމެއް ނަޑައްލާއަށް ގޮސް، ރަށުތެރެއާއި އެރަށް ކައިރީގައިވާ ފަޅު ރަށްތައް ބަލާ، އޭނާ ހޯދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.