އިދިކޮޅު އެމްޑީޕީން ކުރިޔަށް ގެންދިޔަ އިހުތިޖާޖުގައި އެ ޕާޓީގެ ދުވަސްވީ އެކްޓިވިސްޓް އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) އާއި ފާތިމަތު ޝިއުނާ ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
އެ ދެ މީހުން ހާޒިރުވާން އަންގައި ފުލުހުން ފޮނުވި ޗިޓުގައިވާ ގޮތުން ދެ މީހުން ހާޒިރުކުރަނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް އެއްވުމުގެ އުޅުމާއި އުޅަނދުފަހަރަށް ހުރަަސް އެޅުމާއި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުގައެވެ.
ދެ މީހުން ވެސް ހާޒިރުވާން އަންގާފައިވަނީ ހޯމަ ދުވަހުގެ މެންދުރު 1 ޖަހާއިރަށެވެ.
މިދިޔަ ބުދަ ދުވަހުގެރޭ އެމްޑީޕީން ބޭއްވި އިހްތިޖާޖުގައި މަންދީ ވަނީ، ރާއްޖޭން ވޭޕް މަނާކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންގެ ސަބަބުން ކަމަށް ތުހުމަތުކޮށްފައެވެ.
މި ތުހުމަތާ ގުޅިގެން މަންދީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށާއި އެ ޕާޓީ އާ ދެކޮޅަށް ދައުވާކުރަން ރައީސްގެ އާއިލާއިން ވަނީ ނިންމަވައިފައެވެ.