ސިހުރުގެ މައްސަލައެއްގައި ފުލުހުން ކުޅުދުއްފުށީގެ ބައެއް ގެތައް ބަލައި ފާސްކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ 'ސިހުރު އޮޕަރޭޝަން' އެއްގައި އެ ރަށުގެ 10 ގެއެއް ބަލާ ފާސްކޮށްފައިވާ ކަަމަށެވެ.
އަދި ބަލާ ފާސްކުރި 10 ގެއިގެ ތެރެއިން 8 ގެއަކުން ސިހުރަ ހާހޫރަ ހެދުމަށް ބޭނުން ކުރާ އެކި ޒާތްޒާތުގެ އާލާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އެއީ ކޮން ކަހަލަ އާލާތްތަކެއް ކަމަށް ފުލުހުން ހާމަކޮށްފައި ނުވާއިރު މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައި ނުވެއެވެ.
ނަމަވެސް މި މައްސަލަ އިތުރުަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ފަހަކަށް އައިސް ސިހުރު ހާހޫރައިގެ މައްސަލަތައް އިތުރުވަމުންދާއިރު މީގެ ކުރިން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ހިންގާފައި ވެއެވެ. އެގޮތުން މިދިޔަ އޮގަސްޓު މަހު ށ. ކަނޑިތީމުގައި ފުލުހުން އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ އިރު މި އަހަރުގެ ޖޫން މަހު ރ. މީދޫ އަދި އަލިފުށީގައި ވެސް ވަނީ އެފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.
އަދި މިދިޔަ ހަފްތާ ތ. ވިލުފުށީ ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހެދި ކަމަށްބުނާ މައްސަލައެއްގައި ވެސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.