ސްރީލަންކާގެ މިނިވަން ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ސްރީލަންކާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރައީސް އަނުރާ ކުމަރާ ޑިސަނަޔަކެ އަށާއި، ޕްރައިމް މިނިސްޓަރު ހަރިނީ އަމަރަސުރިއްޔާ އަށާއި ޕާކިސްތާނުގެ ލޮބުވެރި އެންމެހާ ރައްޔިތުންނަށް އަރިސްކުރާ ކަމަށެވެ.
މީގެއިތުރުން ރައީސްގެ މެސެޖުގައި ވަނީ ސްރީލަންކާއަށް މިނިވަންކަން ހޯދުމުގެ ދަތުރުގައި އެ ގައުމުގެ ކުރިއެރުމާއި ލާބައަށްޓަކައި ރައްޔިތުން ދެއްކި އަޒުމާއި ސާބިތުކަން ފާހަގަކުރައްވާ، ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދު އޮންނަ ގާތްގުޅުން އިތުރަށް ކުރިއަރުވަން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެއިތުރުން ދިވެހިރާއްޖެއާއި ސްރީލަންކާ ހިއްސާކުރާ އެއްގޮތް ސަގާފީ ކަންކަމާއި، ގާތް ސަރަހައްދީ ދެ ގައުމުގެ ހައިސިއްޔަތުން އެއް ގައުމު އަނެއް ގައުމަށް ދިމާވާ ގޮންޖެހުންތަކުގައި ދެ ގައުމަށް ފައިދާހުރި ގޮތަށް އަމަލުކުރަމުން ގެންދަވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވަނީ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ހުރި ފުރުސަތުތައް ހޯދުމަށާއި ސަރަހައްދީ ހަމަޖެހުމަށާއި ސުލްހައާއި ލާބައަށް ދެ ގައުމު ގުޅިގެން އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.