އީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހިރާއްޖެއިން އިންޑިއާ އަދި ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާ ސަފީރުން މިއަދު އައްޔަން ކުރައްވައިފިއެވެ.
އެގޮތުން އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަަފީރުކަމަށް، އައްޔަން ކުރެއްވީ މާފަންނު ބީނާފުށި، އާއިޝަތު އަޒީމާއެވެ. އަދި ސައުދީއިން ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އައްޔަން ކުރެއްވީ މާފަންނު ވެސްޓްސައިޑް، އަހްމަދު ސަރީރެވެ.
އިންޑިއާއިން، ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު އާޒިމާވަނީ މީގެ ކުރިން ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީގެ މަގާމު އަދާކުރައްވާފައެވެ. 1988 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ އާޒިމާ ފޮރިން މިނިސްޓްރީގައި މިދިޔަ 5 އަހަރުގައި ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމު، އަދި 2009 އިން ފެށިގެން 2014 އާއި ހަމައަށް އިންޑިއާގައި ހުންނަ ދިވެހި އެމްބަސީގައި އިސް މާގާމުތަކެއް ފުރުއްވާފައެވެ.
ސައުދީ އަށް ކަޑައެޅުއްވި ސަފީރު އަހްމަދު ސަރީރު ވަނީ މީގެ ކުރިން ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމު އަދާކުރައްވާފައެވެ.