ބޮލީވުޑްގެ ބަތަލާއިން ކަމަށްވާ ޖާންވީ ކަޕޫރު އަދި ހުޝީ ކަޕޫރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

އެއްބަނޑު އެއްބަފާ މިދެ ބަތަލާ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައި ކަން ނޭނގުނު ނަމަވެސް ދެމީހުން ވެސް ރާއްޖެ އައިސް ނަގާފައިވާ ފޮޓޯތައް އަންނަނީ ދެމީހުންގެ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. މި ދެ ބަތަލާ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން އަންނަ ދަނޑިވަޅުގައި ބޮލީވުޑްގައި ކުރިއަރަމުން އަންނަ އެކްޓަރު ވެދާންގް ރައިނާ ވެސް ވަނީ މި ދަތުރުގައި އެމީހުންނާއެކު ބައިވެރިވެފައެވެ. ވެދާންގް އަކީ ހުޝީގެ ލޯބިވެރިޔާ ކަމަށް އަޑުފެތުރިފައިވާ ބަތަލެވެ. ވެދާންގް ރާއްޖެ އައިސްފައިވަނީ "ޖިގްރާ" ގެ ކާމިޔާބަށް ފަހުއެވެ.

ޖާންވީ އާއި ހުޝީއަކީ ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި ސްރީދޭވީ އާއި ޕްރޮޑިއުސަރު ބޯނޭ ކަޕޫރްގެ ދެ ކުދިންނެވެ. މިދިޔަ އަހަރު "ދި އާޗީސް" އިން ބޮލީވުޑަށް ތައާރަފްވި ވެދާންގް އާއި ހުޝީ އަކީ ބޮލީވުޑްގައި ކުރިއަރަމުން އަންނަ އުންމީދީ ދެތަރިންނެވެ.

ބަތަލާ ޖާންވީ ބޮލީވުޑަށް ތައާރަފްވީ 2018 ވަނަ އަހަރު ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތުރާ އާއެކު ފިލްމު "ދަޅަކް" އިންނެވެ. އެ ފިލްމުގައި އޭނާ ކުޅުނު ރޯލަށް ވަނީ އެންމެ މޮޅު އާ ބަތަލާގެ އެވޯޑު ވެސް ލިބިފައެވެ.