ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރު ރާއްޖެ އަތުވެއްޖެއެވެ.
ބޮލީވުޑްގައި މާބޮޑު ކާމިޔާބީއެއް ލިބިފައިނުވާ ބަތަލާ ސޯނަމް ރާއްޖެ އައިސް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ބުނީ "ހެލޯ ފްރޮމް މޯލްޑިވްސް" އެވެ. ބަތަލާ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ދިޔަ ނަމަވެސް އޭނާ ހުރި ރިސޯޓެއް ހާމަކޮށްފައެއްނުވެއެވެ. ސޯނަމް ރާއްޖެ ޗުއްޓީ ހޭދަކުރަމުން އަންނަނީ ފިރިމީހާ އާނަންދު އަހޫޖާ އާއި ދަރިފުޅު ވަޔޫއާއެކުގައެވެ.
ފިލްމީ މަސައްކަތްތަކާ ދުރުގައި މިވަގުތު ސޯނަމް ހުރިއިރު ބަތަލާ މިހާރު ދިރިއުޅެމުން އަންނަނީ ފިރިމީހާ އާއެކު ލަންޑަނުގައެވެ. ސޯނަމް އާއި އާނަންދް ކައިވެނިކޮށްފައި ވަނީ 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ސޯނަމް އަކީ މަޝްހޫރު ފިލްމީތަރި އަނިލް ކަޕޫރާއި ސުނީތާ ކަޕޫރުގެ ދޮށީ އަންހެން ދަރިފުޅެވެ.
2007 ވަނަ އަހަރު ރަންބީރު ކަޕޫރާއެކު ފިލްމީ ދާއިރާއަށް ނުކުތް ބަތަލާ އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރުގެ "ބްލައިންޑް" އިންނެވެ.