މުނީރާ ވާހަކަ ދެއްކީ ހަސަނާއެވެ. ނަމަވެސް ހަސަނު އެއިން އެއްވެސް ވާހަކައަކަށް ޖަވާބެއް ނުދީ ނިތްކުރި މައްޗަށް އެއް އަތް ވައްޓާލައިގެން އޮތީ ފުން ޚިޔާލެއްގެ ތެރޭގައެވެ.
މިރޭ ދިމާވި ކަންތައް ހަނދާކުރަން ހަސަނު މަސައްކަތް ކުރަމުން ދިޔައެވެ. ކޮންމެވެސް ވަރަކަށް ކަންކަން ހަނދާންވި ނަމަވެސް މުޅިން ހުރިހާ ކަމެއް ހަނދާންވާ ގޮތެއް ނުވިއެވެ. މަންޝާ ކަޅު ހެދުމެއްގައި ދިޔަ ތަން ފެނުނެވެ. ކަޅު ހެދުމުގައި މަންޝާ ހުރިތަން ލޯ މައްޗަށް ފެނުމާ އެކީ ހަސަނުގެ ހަނދާނަށް އައީ މީގެ އެތަށް އަހަރެއް ކުރީގެ ހަނދާނެކެވެ.
މާލޭގައި އެމީހުން ތިބި ގޭގައި މަންޝާ ކިޔަވަން އައިސް ހުރި ދުވަސްތަކެވެ. މަންޝާ ކިޔަވަންދާ ކޮލެޖުގައި އޮތް ހަފްލާއަކަށް ގޮސް ވާރެއާ ތެމި ފޯވެގެން ގެއަށް އައި ރެއެވެ. އެރޭ މަންޝާ ލައިގެން ހުރީ ކަޅުކުލައިގެ ހެދުމެކެވެ. ލަންކާއަށް ގޮސް ބޭސްކޮށްގެން އަފްނާނާ މުނީރާ އައި ފަހުން މަންޝާ ކައިރިއަކަށް ހަސަނު ނުވަދެއެވެ. ނަމަވެސް އެރޭ މަންޝާ އެ ކަޅު ހެދުމުގައި ހުރި އިރު އޭނާގެ ރީތިކަން ފެނި ހަސަނަށް ކެތްވާވަރެއް ނުވިއެވެ.
މުނީރާ ނިދިކަން ކަށަވަރުވުމުން މަންޝާގެ ކޮޓަރިއަށް ވަދެ ނިދާ ބޮކި ހަސަނު ނިވާލިއެވެ. އެ ކޮޓަރީގައި އޮތް އަފްނާނަށް ކަމެއް ފެނިދާނެތީއެވެ. މަންޝާއާ ހަސަނު ގާތްވާން ފެށުމުން މަންޝާ ގަދަ ހެދިއެވެ. އެތައް އިންޒާރެއްދީ ހަސަނު ބިރު ދެއްކުމުން މަންޝާ ހިމޭންވިއެވެ. ރޮއިރޮއި އޭނާ އޮތެއް ކަމަކު ހަސަނުގެ ނިޔަތަކަށް ބަދަލެއް ނައެވެ. ނަމަވެސް އެރޭ ހަސަނަށް ފާހަގަވިކަމެއް އޮތެވެ. އަފްނާނު ވަގަށް ބަލަން އޮތް ކަމެވެ.
ހަސަނު ކޮންމެވެސް ވަރަކަށް ބިރުގަތް ނަމަވެސް ދުވާލުގެ ވަގުތުތަކުގައި އަފްނާނުގެ ހަރަކާތަށް ބަލަމުން ދެވުނީ ތަފާތުކަމެއް ފެނޭތޯއެވެ. އަފްނާނުގެ ފުށުން އެފަދަ ކަމެއް ނުފެނުމުން ހަސަނު އެ ކޮޓަރިއަށް ވަންނަން ޖެހިލުންވާ ބައި ކުޑަވަމުން ދިޔައެވެ. ހަފްތާއަކު ދެރޭ ކަހަލަ ގޮތަކަށް މަންޝާމެން ކޮޓަރިއަށް ހަސަނު ވަދެއެވެ.
ނިދާ ބޮކި އެއްކޮށް ނިއްވާލާ އިރަށް އަފްނާން ނިދަން އޮންނަ ގޮތް ބަދަލު ކޮށްލައެވެ. މަންޝާ އޮތް ފަރާތަށް އެނބުރިގެން ބާލީހެއްގައި ބައްދާލައިގެން ވަގުވަގަށް ބަލަން އޮވެއެވެ. ހަސަނަށް އޭނާގެ ދަރި ބަލަން އޮންނަކަން އެނގި ހުރެ މަންޝާއާ ބެހެމުން ދިޔައެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް މަންޝާ މީހަކާ އިނދެގެން އެގެއިން ދިޔުން ވެގެން ދިޔައީ ހަސަނަށް ލިބުނު ވަރަށް ބޮޑު ހިތްދަތި ކަމަކަށެވެ. އަފްނާނުގެ ހަށިގަނޑަށް ކަޅިއަޅާ ބެލެން ފެށުނީ އެ ހިސާބުންނެވެ. މަންޝާ އެގެއިން ދިޔަފަހުން އެ ހިޔާލުތައް ފުނި ޖެހިފައި ހުންނާތީ، ގޭތެރޭގައި ކުރު ހެދުމުގައި އުޅޭ އަފްނާނަށް ހަސަނުގެ ސަމާލުކަން ދިޔައެވެ. ކުރިންވެސް އަފްނާނު އައިސް ހަސަނުގެ އުނގުގައި އިށީނދެއެވެ. ނަމަވެސް ފަހުން އަފްނާން އެހެން ހެދުމުން ހަސަނު އިތުރަށް އެ މަންޖެއާ ގާތްވާ ހިތް ބޮޑު ވިއެވެ.
މަންޝާ މަތިން ހަނދާންވާތީ އެތައް ރެއަކު އެކޮޓަރީގެ ދޮރު ހުޅުވާ ބަލާލެވެއެވެ. މަންޝާ އެގެއިން ދިޔަފަހުން އެ ކޮޓަރީގައި އޮންނަނީ އަފްނާން އެކަންޏެވެ. އެމަންޖެ ނިދައިފިތޯ ބެލުމަށްފަހު ހަސަނު އޭނާގެ ކޮޓަރިއަށް އެނބުރި ދަނީ މަންޝާގެ ހިޔާލުގައި ހުރެއެވެ.
އެއް ދުވަހު ހަސަނު ސޯފާގައި އިށީނދެގެން އިންދާ އަފްނާނު ދުވެފައި އައިސް އޭނާފެ ބައްޕަގެ ގާތުގައި ސޯފާގެ އަތްގަނޑުމަތީ އިށީނެވެ. އޭރު މުނީރާވެސް ހަސަނާ އެކީ ސޯފާގައި ޓީވީ ބަލަން އިނެވެ. ވާހަކައިގައި ހުރި ހަސަނުގެ އަތް ސޯފާގެ އަތްގަނޑު މައްޗަށް ތިރިކޮށްލީ އަފްނާނު އެތާ އިންކަން ހަނދާން ނެތިއެވެ. އަފްނާނުގެ ދޮން ފަލަމަސްގަނޑު މަތީގައި އަތް ޖެހުމާ އެކީ ސިހިފައި ހަސަނުގެ އަތް ދަމައިގަތެވެ. އަދި އިސް އުފުލާލަމުން އަފްނާނާ ދިމާއަށް ހަސަނަށް ބަލާލެވުނެވެ.
އަފްނާން ހިނިތުން ވުމެއް ރައްދުކޮށްލަމުން ހަސަނުގެ ކަނދުރާއަށް އަތް ވައްޓާލަމުން ވާހަކަދައްކަން ފެއްޓިއެވެ. "ބައްޕާ... އަޅުގަނޑު ބޭނުން ރައްޓިސް ކުއްޖެއްގެ އުފަން ދުވަސް ފާހަގަކުރާ ތަނަށް ދާން.. ޕްލީސް ކޭން އައިގޯ..."
ހަސަނަށް ނޫނެކޭ ނުބުނެވުނެވެ. މުނީރާ ވެސް އެކަމާ އެއްބަސް ވިއެވެ. އެހެންކަމުން އަފްނާނު ވީ އުފަލުން ބައްޕަގެ ގައިގާ ބައްދާލަމުން ޝުކުރުއަދާ ކޮށްލިއެވެ. ހަސަނުގެ ހަށިގަނޑުގައި އަފްނާނު ޖެހިގަތް އިރު އޭނާގެ މޭމަތި ވަނީ ހަސަނު ގައިގާ ޖެހި ފިތިފައެވެ. ހަސަނުގެ ސިކުނޑިއަށް ސަވާރުވަމުން ދިޔަ ވަހުޝީ ހިޔާލުތަކާ ދުރަށް ދާން އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް އަފްނާނުގެ ފަލަމަސްގަނޑުގައި ފިރުމާލެވުނީ ބޭއިޚްތިޔާރުގައެވެ. އަފްނާނުގެ ފަރާތުން އެކަމާ ނުރުހުންވެ އުނދަގޫވާކަމުގެ އެއްވެސް އިޝާރާތެއް ނުފެނުމުން ހަސަނުގެ ޚިޔާލު މުޅިން ބަދަލުވިއެވެ.
ޖެހިގެން އައިރޭ އަފްނާނުގެ ރަހްމަތްތެރިޔާގެ ޕާޓީއަށް ދާން އޭނާ ނުކުތީ ވަރަށް ރީތި ޕާޓީ ހެދުމެއް ލައިގެންނެވެ. ކުކުޅު ބިސް ކުލައިގެ ކުރު ހެދުމެއްގައި ހުރިއިރު އަފްނާންގެ ދޮން ކުލައާ އެކުލަ ވަރަށް ވެސް ގުޅެއެވެ. ރީތިވެގެން އައިސް ހަސަނު ކުރިމައްޗަށް ހުއްޓި ހުރެ ދެފަރާތަށް އެނބުރިލަމުން ރީތިތޯ އޭނާ އަހާލީ ތުއްތު ކުއްޖެއް ފަދައިންނެވެ.
އާޝޯޚްވެފައި ހަސަނަށް ބަލަން އިނދެވުނެވެ. އަވަހަށް ގެއަށް އަންނަށްޗޭ ބުނެ މުނީރާ އެރޭ އަވަހަށް ނިދަން ދިޔައީ ކުޑަކޮށް ބޮލުގައި ރިއްސާތީއޭ ބުނެފައެވެ. ހަސަނު ސިޓިންގް ރޫމުގައި މަޑުކޮށްގެން އިނީ އަފްނާނު ގެއަށް އަންނަން ދެނެވެ.
ރޭގަނޑު 12 ޖަހާ ބޮޑުވިތަނާ ގޭގެ ދޮރު ހުޅުވާލި އަޑަށް ހަސަނަށް ހޭލެވުނެވެ. ސޯފާގައި ޓީވީ ބަލަން އިންދާ ހަސަނަށް ނިދުނީއެވެ. ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލާލުމަށްފަހު ހަސަނު ފުންމައިގެން ތެދުވެ ގޭގެ މައި ދޮރާ ދިމާއަށް ބަލާލިއެވެ. އެވަނީ އަފްނާނެވެ. ހަ
ސަނު ހުރީ އަފްނާނު އެހާ ލަހުން ގެއަށް އައުމުން ހިތްހަމަ ނުޖެހިފައެވެ. ހަސަނު ރުޅި އަންނާނެކަން އިނގޭތީ އަފްނާނު ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ބާރަށް އެއްޗެކޭ ހަސަނު ނުބުނީ މުނީރާ ހޭލަފާނެތީއެވެ. އަފްނާނު ހެދުން ބަދަލުކުރަންދެން ބޭރުގައި ހަސަނު މަޑުކޮށްލިއެވެ. ބައިގަޑިއިރު ވީއިރުވެސް އަފްނާން ނުނިކުތެވެ.
އެކޮޓަރީ ދޮރުގައި ހަސަނު ޓަކި ޖަހާލިއެވެ. އެތެރެއިން އަޑެއް ބަޑެއް ނީވުމުން ހަސަނު އެ ދޮރުގެ ތަޅުގައި ހިފާ އަނބުރާލިއެވެ. ދޮރުހުރީ ތަޅުނުލައެވެ. އެހެންކަމުން ދޮރު ހުޅުވިއްޖެއެވެ. އަފްނާން އޮތީ އޭނާގެ ގޮދަޑީގައި އޮށޯވެގެންނެވެ. ހަސަނު އަފްނާންގެ ގޮދަޑީގައި އިށީނީ އަފްނާނާ ވާހަކަ ދައްކާށެވެ.
"އަފޫ... ކީއްވެ އެހާ ލަސްވީ..." ހަސަނުގެ ވާހަކަ މެދުކެނޑުނީ ނިދާބޮކީގެ ފަނޑު އަލިކަމުގެ ތެރެއިން އަފްނާން އޮތް ގޮތް ފެނުމުންނެވެ. އަފްނާނު އޮތީ ވަރަށް ތުނި ހެދުމެއް ލައިގެންނެވެ. ހަސަނު ހިން ދިރުވާލިއެވެ. ބަހެއް ނުބުނެ ކޮޓަރިން ނިކުންނަން ހިތަށް އެރި ނަމަވެސް ދެވަނަ ފަހަރަށް ވާހަކަ ދެއްކީ އަފްނާނު ދެން މީގެ ފަހުން ލަހުން ގެއަށް ނައުމަށް ނަސޭހަތް ދެމުންނެވެ.
ބިއްދޮށަށް އެނބުރިގެން އޮތް އަފްނާންގެ ފަލަމަސްގަނޑުގައި ހިފާލަމުން ހަސަނު ވާހަކަ ދެއްކިއެވެ. ލައިގެން އޮތް ނިދާ ހެދުމަކީ ކުރު ހެދުމެކެވެ. ބާލީހަކަށް ފައިއަރުވާ ބައްދާލައިގެން އޮތް ގޮތުން އެހެދުން ވަނީ މައްޗަށް އަރާފައެވެ. އެވަގުތު އަފްނާނު އެނބުރިލިއެވެ. އަފްނާންގެ މޫނަށް ހަސަނު ބަލާލި ވަގުތު ހަސަނަށް ފެނުނީ އަފްނާނުގެ ހެދުމުގެ ކަރުވަޅެވެ. އެހެދުމުގެ ކަރުވަޅުވެސް އެހާ ބޮޑެވެ.
އަފްނާން ތެދުވެ ކިހިނެއްވީތޯ އަހާލީ ލޯ ހަނިކޮށްލަމުންނެވެ. އަފްނާނާ ގާތަށް ޖެހިލަމުން އޭނާގެ އިސްތަށިގަނޑުގައި ހަސަނު ފިރުމާލަމުން މިރޭ އެހާ ލަސްވީ ކީއްވެތޯ ސުވާލުކޮށްލިއެވެ. ހަސަނަށް އޭރުވެސް ބެލެމުން ދެވުނީ އަފްނާނުގެ ހަށިގަނޑަށެވެ. އޭނާ އޮތީ އެތެރެއިން އެއްވެސް އެއްޗެއް ނުލާކަން ހަސަނަށް އެނގުނެވެ.
"ކޭކު ފަޅާ ނިމުނީމަ ހުރިހާ ކުދިން ތިބީ ބިރުވެރި ފިލްމެއް ބަލަން.... ވަރަށް ބިރުވެރި ފިލްމެއް އެއީ... އަފޫ ވަރަށް ބިރުގަތް..." އަފްނާން ވާހަކަ ދައްކަމުން ދިޔައިރު ހަސަނު ދިޔައީ މަޑު މަޑުން އަފްނާނުގެ އިސްތަށިގަނޑާ ކުޅެމުންނެވެ.
"މިރޭ އެކަނި ނިދާކަށް ނުކެރޭނެ... އަފޫ ދާނީ މަންމަ ކައިރިއަށް...." އަފްނާން އެނދުން ތެދުވަމުން ބުނެލީ ތުންގަނޑު ދިގުކޮށްލަމުންނެވެ. ހަސަނު ވިސްނާލިއެވެ. ރަނގަޅު ފުރުސަތަކަށް ބަލަބަލާ ހުރި ހަސަނުގެ ސިކުނޑީގައި ޕްލޭނެއް ރާވާލިއެވެ.
"މިރޭ މަންމައަށް އުނދަގޫ ކުރާނެ ކަމެއް ނެތް... މަންމަ ނިދަން ދިޔައީ ބޮލުގަ ރިއްސާތީ ބޭސް ކައިގެން... ބައްޕަ މަޑުކޮށްފާނަން... ދަރިފުޅު ނިދާލާ...." ހަސަނު އެ ގޮދަޑި މަތިން ތެދުވިއެވެ. އަފްނާންގެ ގޮދަޑި ކައިރީގައި މަންޝާ ކުރިން ނިދަން ގެންގުޅުނު ގޮދަޑި ނަގާ ފަތުރާލިއެވެ.
ދަންވަރު ވީ އިރުވެސް ހަސަނަށް ނިދޭ ގޮތެއް ނުވިއެވެ. އަފްނާނު ނިދާފައި އޮއްވާ އޭނާގެ ހަށިގަނޑުގައި ބީހެން ފެށިއެވެ. މިއިން ކޮންމެ ބީހުމަކަށް އަފްނާނު މަރުހަބާ ކިޔަމުން ދިޔަ ކަހަލައެވެ. މިކަން ވެގެންދިޔައީ ހަސަނު ވަރަށް ހައިރާންވި ކަމަކަށެވެ. ނަމަވެސް ހަސަނަށް މިކަން ހުއްޓައެއްވެސް ނުލެވުނެވެ. އަފްނާނުވެސް މިކަމުގައި ބައިވެރިވީ އޭނާގެ ރުހުމުގައެވެ.
އެދުވަހަށް ފަހު އަފްނާނާ ހަސަނުގެ މި ސިއްރު ކުޅިގަނޑު ފެށުނެވެ. ހަފްތާ ބަންދު ރޭތަކުގައި ގޭގެ އެންމެން ނިދުމުން ހަސަނު އެކޮޓަރިއަށް ދެއެވެ. މިހާރު އެމީހުންނަށް ވަނީ ދުރަށް ނުދެވޭ ހިސާބަށް ދެވިފައެވެ. މިކުރެވެނީ ކިހާވަރެއްގެ ފާފައެއްކަން ވެސް އެމީހުންނަށް ނޭނގޭ ކަހަލައެވެ.
ފަހަކަށް އައިސް އަފްނާނު ކުރުހެދުން ލައިގެން ބޭރަށް ދާން ފެށުމުން ހަސަނު އެކަމާ ނުރުހުނެވެ. އެހެން ފިރިހެނުންގެ ލޯތަކަށް އަފްނާނުގެ ރީތިކަން ފޮރުވަން ބޭނުންވިވަރުން މުނީރާ ކައިރީ ބުނެގެން އަފްނާނު ބުރުގާ އެޅުވިއެވެ. މުނީރާއަށް މިފަދަ އެއްވެސް ކަމެއް ހިނގާކަން ރޭކާވެސް ނުލާނީ އޭރުން ނޫން ހެއްޔެވެ.
*** *** *** *** *** ***
އިސްތަށިގަނޑު ހިއްކާލުމަށްފަހު ފުނާއަޅައިގެން މުނީރާ އައިސް ހަސަނުގެ މަގަތުގައި އޮށޯތެވެ. ހަސަނާ ގާތްވަމުން ހަސަނުގެ ކަންފަތް ދޮށުގައި މުނީރާ ބޮސްދިނެވެ.
"އަފްނާން.... އަފޫ..." ހަސަނުގެ އަނގައިން ނުކުތް ބަސްތަކުން މުނީރާގެ ހަތަރެސްފައި ކޮޅަށް ޖެހިގެން ދިޔައެވެ. "ކީކޭ... ހަސަނާ... މީ ބަލަ މަށޭ...." ދެލޯ ބޮޑުކޮށްގެން ހުރެ މުނީރާ ބުނި އެއްޗަކުން ހަސަނަށް ވިސްނާލެވުނީ ދެނެވެ.
"އަފްނާން... މަގޭ ދަރި..." އެނދުމަތިން ފުންމައިގެން ހަސަނު ތެދުވީ ދެލޯ ބޮޑުކޮށްލަމުންނެވެ.
"ކިހިނެއްވީތަ ހަސަނާ... ހުވަފެނެއް ފެނުނީތަ؟..." ހަސަނު އިންގޮތް ފެނުމުން މުނީރާ ވާހަކަ ދެއްކީ ހަސަނުގެ ބުރަކަށީގައި ފިރުމާލަމުންނެވެ. ހަސަނު ބަހެއް ނުބުނެ އެނދުގައި އޮށޯތެވެ. މުނީރާ ވެސް ހަސަނުގެ މަގަތުގައި އޮށޯތެވެ. ފުން ނޭވާއެއް ހަސަނު ދޫކޮށްލީ މުނީރާއަށް ޝައްކެއް ނުވަނީސް އެކަންތައް އޮޅުވާލެވުނީމައެވެ.
އެކި ހިޔާލުތައް ހަސަނުގެ ސިކުނޑީގައި ފުނި ޖެހިފައިވާތީ ނިދޭ ގޮތެއްވެސް ނުވިއެވެ. މިރޭ މަންޝާއާ އެކީ ކަޅު ހެދުމުގައި ދިމާވިތަން ހަސަނުގެ ލޮލަށް ސިފަވަމުން ދިޔައެވެ. މަންޝާ އެވަގުތު ހުރީ ވަރަށް ހިނިއައިސްފައެވެ. މަންޝާ ހުރިގޮތުން އޭނާ ހުރީ ވަރަށް ރުހިގެންހެން ހަސަނަށް ހީވިއެވެ.
ހަސަނު އޮތް ފަރާތަށް އެނބުރިލަމުން މުނީރާ ހަސަނުގެ ގައި މައްޗަށް އަތްވައްޓާލިއެވެ. ހަސަނުގެ އަނގައިން އަފްނާނުގެ ނަން ބޭރުވި ގޮތުންނާ އެވަގުތު ހަސަނުގެ އަޑު ހުރިގޮތުން މުނީރާގެ ސިކުނޑީގައި ބުނެދޭން ނޭނގޭ ކަހަލަ ރިހުމެއް އުފެދިގެން ދިޔައެވެ. މުނީރާގެ ހިތަށް އަރަމުން ދިޔަ އެއްޗެއްގެ ބޮޑުކަމުން އެވާހަކަ ހަސަނު ގާތު އޮޅުން ފިލުވަން އަހާލަން ވެސް ނުކެރޭނެއެވެ. ޔަގީންކޮށްލަން އެހެން އަހައިފިއްޔާ ހަސަނަށް ވެސް ހީވާނީ މުނީރާގެ ހުރި ވިސްނުން ނުބައި ކަމެވެ. އެއީ ހަސަނު ނިދާފައި އޮތުމުން ވީކަމެއް ކަމަށް ނިންމާ އެކަމާ ނުވިސްނަން އަޒުމް ކަނޑައަޅައިގެން އޮވެ މުނީރާ ނިދޭތޯ މަސައްކަތް ކުރިއެވެ.
ދަންވަރުވީ ފަހުން ހަސަނު މަޑުމަޑުން އެނދުމަތިން ތެދުވެ ހަސަނުގެ މޭމަތީގައި އޮތް މުނީރާގެ އަތްނަގާ ދުރަށް ޖައްސާލިއެވެ. މުނީރާ ގައިމަތިން ފައި ގިރާކޮށްފައި އެނދުން އޭނާ ފޭބީ ވަރަށް މަޑުމަޑުން ބަލައިގެންނެވެ. މަޑު ފިޔަވަޅުތަކެއްގައި ހިނގާފައި ގޮސް އެކޮޓަރީގެ ދޮރު ހުޅުވާލީ ވަރަށް ސިއްރުންނެވެ. ދޮރުން ބޭރަށް ނިކުމެ އެނދުގައި ނިދާފައި އޮތް މުނީރާއާ ދިމާއަށް ބަލަން ހުރުމަށްފަހު ހަސަނު ދޮރު ލައްޕާލީ ނުލަފާ ޒާތަކަށް ހިނިތުންވަމުންނެވެ.
ދޮރުފަތް ލެއްޕުނު އަޑަށް މުނީރާ އެނބުރި ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. ހަސަނު އެނދުން ތެދުވެ ސިއްރު ސިއްރުން މުނީރާގެ އަތް ނަގާ ދުރަށްލީކަން ވެސް މުނީރާއަށް އެނގުނެވެ. އެހާ ސިއްރުން ހަސަނު އެ ދިޔައީ ކޮންތަނަކަށް ބާވައޭ މުނީރާގެ ހިތަށް އެރިއެވެ. ފަހަރުގައި ފެންބޯން ނިކުތީ ކަމަށްވެސް ވެދާނެއޭ މުނީރާގެ ހިތަށް އެރިއެވެ. ހަސަނު އަންނަން ވާއިރަށް މުނީރާ އެނދުން ތެދުވެ އިށީނދެލިއެވެ. އެވަގުތު މޭޒުމަތީ ހުރި ފެން ފުޅި ފެނުމުން މުނީރާގެ ހިތުގައި އުފެދެމުން އައި ޝައްކު ބޮޑުވެގެން ދިޔައެވެ.
ދަންވަރުގެ ވަގުތެއްގައި ކޮޓަރިން ބޭރަށް ހަސަނު ނިކުތް ބޭނުން އޮޅުން ފިލުވަން މުނީރާ ބޭނުންވިއެވެ. ދޮރު ކައިރިއަށް ގޮސް ސިއްރު ސިއްރުން ދޮރުން ތަންކޮޅެއް މުނީރާ ހުޅުވާލުމަށްފަހު ވަގު ވަގަށް ބޯ ދިއްކޮށްލަމުން ދެފަރާތަށް ބަލާލިއެވެ. ސިހިފައި ކޮޓަރިތެރެއަށް މުނީރާ ދެމިގަތީ މަންޝާގެ ކޮޓަރިތަޅަށް ތަޅުދަނޑި ލައްވަން ހަސަނު ގުދުވެގެން އޮތް ތަން ފެނުމުންނެވެ. މިފަދަ ވަގުތެއްގައި މަންޝާގެ ކޮޓަރިއަށް ހަސަނު ދާން ޖެހޭނެ ސަބަބެއް މުނީރާއަކަށް ނުވިސްނުނެވެ. އެވަގުތު މުނީރާގެ ދެއަތުން އަނގަމަތި ނިވާކޮށްލެވުނީ މީގެ އެތައް އަހަރެއް ކުރިން ހިނގި ކަމެއް އޭނާގެ ހަނދާނަށް އައުމުންނެވެ.
އެއްރޭ މުނީރާއަށް ހޭލެވުނު އިރު ހަސަނު ކޮޓަރީގައި ނެތުމުން މުނީރާ ހީކުރީ ހަސަނު ނަމާދަށް ދިޔައީ ކަމަށެވެ. ފާޚާނާ ކޮށްލައިގެން މުނީރާ ނިކުތީ ބަދިގެއަށް ވަންނާށެވެ. އެވަގުތު މުނީރާއަށް ފެނުނީ މަންޝާމެން ކޮޓަރިން ހަސަނު ނިކުތް ތަނެވެ. އެދުވަހު ސުވާލު ކުރުމުން ހަސަނު ބުނީ މުނީރާމެން ކޮޓަރި ފާޚާނާ ތަށިން ފްލަޝް ނުކުރެވޭތީ އެ ކޮޓަރީ ފާޚާނާއަށް ދިޔައީ ކަމަށެވެ. އެ ދެއްކި ވާހަކަ މުނީރާއަކަށް ގަބޫލެއް ނުކުރެވުނެވެ. ދެންމެ ފާޚާނާއަށް މުނީރާ ވަތްކަމާއި، ފްލަޝްވެސް ރަނގަށް ކުރެވޭ ވާހަކަ މުނީރާ ބުނީ ހަސަނާ ދިމާއަށް ޝައްކުގެ ނަޒަރަކުން ބަލަމުންނެވެ. ނަމަވެސް ހަސަނު އެއަށް ވުރެ މާ ހުޝިޔާރެވެ.
"އަހަރެން މިއުޅެނީ ބަނޑު ދިޔާ ވެގެންނޭ... އެއްފަހަރު ފްލަޝްކޮށްފަ ދެން ޓޭންކަށް ފެން އެޅެން ގިނަ އިރުވާނެއްނު.. އެހެންވެ އަނެއްކާ ލަވައިގަތީމަ އެކޮޓަރި ފާޚާނާއަށް ދިޔައީއޭ... އަހަރެން މިދަނީ ނިދާލަން... މަށަށް ކަޅު ސައި ތައްޓެއް ހަދައިދީބަލަ..." ހަސަނު އެހެންބުނެ އޭނާގެ ކޮޓަރިއަށް ދިޔައެވެ.
ޚިޔާލުން ބޭރުވެވުމާއެކީ އަނެއްކާވެސް ބޭރުބަލާލަން ސިއްރުސިއްރުން މުނީރާ ބޯ ދިއްކޮށްލިއެވެ. ހަސަނު ފެންނަން ނެތުމުން މުނީރާގެ ހިތަށް ބިރުވެރިކަމާއި ނުތަނަވަސްކަން ވެރިވިއެވެ. މުނީރާ މަޑުމަޑުން ބޭރަށް ނިކުތީ އަޑެއް ބަޑެއް ނުލައްވައެވެ. ފެންޑާ ތެރޭގައިވެސް ހަސަނު ނެތްކަން ޔަގީންވުމުން މުނީރާ ބޭނުންވީ މަންޝާގެ ކޮޓަރީގައި ހަސަނު އޮއްވާ ގޮސް ދޮރު ހުޅުވާށެވެ. އެހެންކަމުން މުނީރާ ގޮސް ހިފާލީ މަދީހާމެން ކޮޓަރި ތަޅުގައެވެ.
އަމާ އޮންނާތީ އާންމު ގޮތެއްގައި އެކޮޓަރި ދޮރު ހުންނަނީ ތަޅު ނުލާކަމުން އެދޮރު ހުޅުވިއްޖެއެވެ. ކޮޓަރިއަށް ވަދެ މުނީރާ ސިއްރުސިއްރުން މަދީހާއަށް ގޮވާލިއެވެ. އަދި މަންޝާ ނިދާ ކޮޓަރީގެ ތަޅުދަނޑިއެއް އެބަ އޮތްތޯ އަހާލިއެވެ. ދެލޯ ހަނިކޮށްގެން ދެބުމަ ގޮށް ޖަހައިގެން ހުރެ މަދީހާ ތެދުވިއެވެ. އަދި މުނީރާ މިވަގުތު އެހާ ސިއްރުން ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބައިތޯ ހިތަށް އެރިއެވެ.
މުނީރާގެ އެނދު ކުރިމައްޗަށް ހުރި އެނދުގައި އެ ދެބޭންގެ މުސްކުޅި މަންމަ ނިދާފަ އޮތްތަން ފެނުމުން މަންމަ ހޭލަފާނެތީ ސިއްރުން ވާހަކަ ދައްކަނީ ކަމަށް މަދީހާ ނިންމިއެވެ. އަލަމާރި ތެރޭ ހުރި ވަތްގަނޑުން ބޮޅަކަށް އަމުނާފައިވާ ދެ ތަޅުދަނޑި ނަގާ މުނީރާ އަތަށް ދިއްކޮށްލަމުން ކިހިނެއްވީތޯ މަދީހާ އެހީ ވައި އަޑުންނެވެ. އެ ދެ ތަޅުދަނޑިއަށް ބަލަން މުނީރާ ހުރި ގޮތުން މަދީހާ އެ ތަޅުދަނޑިފަތިން މަންޝާގެ ކޮޓަރީ ތަޅުދަނޑިއާ އަފްނާންގެ ކޮޓަރީ ތަޅުދަނޑި ވަކި ކޮށްދިނެވެ.
ދެތަޅުދަނޑި ހިފައިގެން މަޑު ފިޔަވަޅުތަކެއްގައި މުނީރާ ނިކުތީ މަދީހާ ގާތުގައި ވެސް މަޑުމަޑުން އައުމަށް އެދެމުންނެވެ. މަންޝާގެ ކޮޓަރި ދޮރާ ހަމައަށް އެރި އިރު މުނީރާގެ ހިތް ބަންބަންލާފައި ތެޅެމުން ދިޔައެވެ. އޭނާގެ ހިތްވެސް ބުނަމުން ދިޔައީ ހަސަނުގެ ފަރާތުން މި ފެންނަ އާދަޔާ ޚިލާފް ކަންތައްތަކުގެ ފަހަތުގައި ނުބައިކަމެއް ފޮރުވިފައިވާ ކަމެވެ.
ދުވަހަކުވެސް ޝައްކުގެ ނަޒަރަކުން ފިރިމީހާއާ ދިމާއަށް ބަލައިނުލާ މުނީރާ މިރޭ އޭނާގެ ހިތުގައި އުފެދިފައިވާ ޝައްކުގެ ސުވާލުތަކަށް ޖަވާބެއް ހޯދަން ބޭނުން ވިއެވެ. ތަޅަށް ތަޅުދަނޑި މަހާލީ ވަރަށް ބަލައިގެން މަޑުމަޑުންނެވެ. ތަޅު އަނބުރާލުމަށް ފަހު މުނީރާ ފުން ނޭވާއެއް އެތެރެއަށް ދަމާލީ ލޯ މައްޗަށް ފެނިދާނެ މަންޒަރު ހިތަށް އަރުވާލަމުންނެވެ. ނަމަވެސް ސިކުނޑީގެ ކަނަކުން އެދެމުން ދިޔައީ މިހީއަކީ ދޮގަކަށް ވުމަށެވެ. އެ ދެމަފިރިންގެ ތިން ދަރިން ތިބިއިރު މިފަދަކަމެއް ދިމާވާން މުނީރާ ވެސް ބޭނުން ނުވެއެވެ.
ކުއްލިއަކަށް ދޮރުފަތް އެތެރެއަށް ހުޅުވާލިއެވެ. އެކޮޓަރި ތެރޭގައި ވަނީ އަނދިރިކަމެވެ. އެހެންކަމުން ދޮރު ކައިރީ ހުރި ސްވިޗްބަރިން ބޮކި ދިއްލާލިއެވެ. އެނދުގައި ނިދާފައި އޮތް މަންޝާ ފެނުމުން ފުންނޭވާއެއް މަދީހާ ބޭރުކޮށްލީ ހިތަށް ތަސައްލީއެއް ލިބުމުންނެވެ. ހުޅުވިފައިވާ ކުޑަދޮރު ފެނުމުން މުނީރާ ގޮސް ކުޑަދޮރު ލައްޕާލި އިރު މަދީހާއައިސް މުނީރާއާ ހަމަކުރުމަށްފަހު ވާހަކަ ދެއްކިއެވެ. "ކިހިނެއްވީ މުނީރާ...؟.. ލޮލަށް ނިދި ނައިސްގެން ތިއުޅެނީ... މޮޔަ ވީތަ؟... ހިނގާ ކޮޓަރިއަށް ދާން..."
މަދީހާ ވާހަކަ ދެއްކީ ސިއްރުސިއްރުންނެވެ. "ހިނގާ ނިދަންދާން...މަންޝާ ހޭލަފާނެ..."
މުނީރާގެ އަތުގައި ހިފާ ދަމަމުން މަދީހާ ކޮޓަރިން ނިކުތެވެ. މަންޝާގެ ކޮޓަރީ ދޮރު ލައްޕާލުމަށްފަހު މަދީހާމެން ކޮޓަރިއާ ދިމާއަށް ދާން ނެގި ފިޔަވަޅު ހުއްޓުމަކަށް އައީ އެމީހުންނަށް އިވުނު އާދަޔާ ޚިލާފް އަޑުންނެވެ. މުނީރާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގެން ދިޔަ ކަހަލައެވެ. އެ އަޑު އެ އަންނަނީ އަފްނާނު ކޮޓަރިންނެވެ.
މަދީހާ އެނބުރިލަމުން މުނީރާއާ ދިމާއަށް ބަލާލީ ދެބުމަ ގޮށް ޖަހާލަމުންނެވެ. އެވަގުތު މުނީރާގެ އަތުގައި އޮތް ތަޅުދަނޑިފަތިން އަފްނާންގެ ކޮޓަރީގެ ތަޅުދަނޑި ނަގާ އެކޮޓަރީ ތަޅަށް ކޮށްޕާލަން ތައްޔާރުވިއެވެ. މަދީހާ އޭނާގެ ކޮއްކޮ ހުއްޓުވާކަށް ބޭނުމެއް ނުވެއެވެ. އެއިވޭ އަޑުތަކުން އެތެރޭގައި އެހިނގާ ކަމަކީ ރަނގަޅުކަމެއް ނޫންކަން މަދިހާއަށް ވެސް ނަގައިގަނެވުނެވެ.
ތަޅުދަނޑި ތަޅުތެރެއަށް ހެޔޮވަރުކޮށްލުމާއެކު ތަޅުއަނބުރާލާ ދޮރު އެއްކޮށް ތަންމިނަށް ހުޅުވާލީ މަދު ސިކުންތު ކޮޅެއް ތެރޭގައެވެ. މުނީރާގެ އަތް ދަށުން ކޮޓަރި ތެރެއަށް ބަލާލި މަދީހާވެސް ގަނޑުވި ކަހަލައެވެ. ހެއްދެވިގޮތަށް ރޯ އޮރިޔާމާ ހަސަނު ހުރީ އަފްނާނު އެނދު ކައިރީގައި ކޮޅަށް މުނީރާމެންނަށް ފުރަގަސް ދީގެންނެވެ. އަފްނާނުގެ ހަށިގަނޑުގައިވެސް ބައެއް ހެދުން ނެތެވެ.
އަފްނާނާ ހަސަނާ ދެމީހުންނަށް އެއްފަހަރާ ދޮރާ ދިމާއަށް ބަލާލެވުނެވެ. ދެލޯ ބޮޑުކޮށްގެން ހުރި މުނީރާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެމުން ދިޔައެވެ. މުނީރާގެ ހިތާ ސިކުނޑި ފަޅައިގެން ދިޔަ ކަހަލައެވެ. އިތުރަށް އެމަންޒަރު ސިފަކުރާކަށް މުނީރާ ބޭނުމެއް ނުވިއެވެ.
ބަންލާފަ އެ ދޮރު ލައްޕާލުމަށްފަހު މުނީރާ މިސްރާބު ޖެހީ އޭނާގެ ކޮޓާރިއާ ދިމާއަށެވެ. މުނީރާގެ ފަހަތުން މަދީހާ ހިނގައިގަތެއް ކަމަކު މުނީރާއަށް ހިތްވަރު ދޭން ބުނާނެ ބަހެއް މަދީހާގެ ދުލަކަށް ނައެވެ. ފެނުނު މަންޒަރުން މަދީހާ ވެސް ހުރީ ބަސް ހުއްޓިފައެވެ. މުނީރާ އެދިޔަ ގޮތަށް ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ވަދެ ކޮޓަރީގެ ދޮރު ލައްޕާލީ ވެސް އެހާ ބާރު މިނުގައެވެ.
ދޮރު ލެއްޕުނު އަޑާއެކީ ސިހިފައި މަދީހާއަށް ފަހަތަށް ޖެހެވުނެވެ. މި ދަނޑިވަޅު މުނީރާ އާ ކައިރިވާން މަދިހާ ވެސް ފަސް ޖެހުނެވެ. އެ ގޯޅި ގަނޑުތެރޭ ހުރެ އަފްނާނުގެ ކޮޓަރިއާ ދިމާއަށް މަދީހާ ބަލާލިއެވެ. އިރުކޮޅަކުން ހަސަނު އެކޮޓަރިން ނިކުމެގެން އަންނާނެ ކަން އިނގޭތީ މަދީހާ ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. މިރޭ ފެނުނު މަންޒަރުން ހަސަނާ ހަތަރު ކަޅި ހަމަކުރުމަކީ މަދީހާއަށް ކުޅަދާނަ ކަމެއް ނޫނެވެ. އެހެންކަމުން އޭނާ ވެސް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތެވެ. ނުނިދޭނެ ކަންވެސް އެނގި ހުރެ ދެލޯ މަރާލިއެވެ.
*** *** *** *** *** ***
މެރިފައިވާ ދެލޯ ހުޅުވާލެވުނީ ތޫނު ފިނިކަމެއް އިހްސާސްވާން ފެށުމުންނެވެ. ރަތްކުލައިގެ މަލުގެ ތަންމައްޗެއްގައި މަންޝާ އޮތީ ހުދުކުލައިގެ ޓޮޕަކާ މަޑު ނޫކުލައިގެ ޖީންސެއް ލައިގެންނެވެ. އެހެންއޮތް އިރު މަންޝާގެ ހަށިގަނޑު ކައިރީ އުދުހެމުން ދިޔަ ސޫފިތަކަށް ބަލަން އޮވެ މަންޝާއަށް ނިދުނީއެވެ.
އުޑުމަތިން ފެންނަމުން ދިޔަ ތަރިތަކަށް ބަލަން މަންޝާ އޮތް އިރު އެ ތަރިތަކުން އުދަރެހުގައި އެކި ކަހަލަ އެއްޗިހި ކުރެހޭ ހެން މަންޝާއަށް ހީވިއެވެ. ބެރެބެދި ގަހުގެ ގޮފިތަކުގެ ތެރެއަށް ނަޒަރު ހުއްޓާލެވުނީ ނޫކުލައިގެ އަލިކަމެއް އެހިސާބުން ފާޅުވީހެން ހީވުމުންނެވެ. މަންޝާ ބަލާލީ އެ އައީ ޒިބާން ކަމަށް ހީކޮށެވެ. ނަމަވެސް އެ ވަގުތު ހަނދާނަށް އައީ ޒިބާން ބުނި ބަހެވެ. ފިރިހެން ޖިންނިން ދިއްލިފައި ހުންނަނީ ރަތް އަލިން ކަމާއި އަންހެން ޖިންނިން ދިއްލިފައި ހުންނަނީ ނޫ އަލިން ކަމެވެ.
އެ އައްޔާ ދިމާއަށް މަންޝާ ބަލަން ހުރީ އަޖައިބު ވެފައެވެ. ރަތްކުލައިގެ އައްޔަށް ވުރެ ނޫކުލައިގެ އަލި މާ ރީއްޗެވެ. އާދަޔާ ޚިލާފް ކަމެއް ފާހަގަވުމުން މަންޝާގެ ބަނޑުގައި އަތް ޖައްސާލެވުނީ ބަނޑަށް ފާޑެއްގެ ގޮތެއް ވާން ފެށުމުންނެވެ. ބަނޑުގައިވާ ދަރިފުޅަށް ކޮންމެވެސް ގޮތެއްވަނީކަން މަންޝާއަށް އެނގުނެވެ.
ދުރުގައި ހުރި އެ އަލިކަން ގަދަވެފައި މަޑުވަމުން ދިޔައިރު ހީވަނީ އަނދަން ތައްޔާރުވެގެން ކަނިކަނިޖަހަމުން ދިޔަ ބޮތްކެއް ހެންނެވެ. ކުއްލިއަކަށް ބަނޑަށް އެރި ތޫނު ތަދާ އެކީ މަންޝާއަށް ރޮއި ގަނެވުނެވެ. ކައިރީގައި ޒިބާން ނެތުމުން ކޮންމެވެސް ވަރަކަށް ބިރުގަނެ ޖެހިލުންވާ ގޮތް ވިއެވެ.
އަނބުރާ ބެރެބެދިގަހާ ދިމާއަށް މަންޝާ ބަލާލި އިރު އެހިސާބުން ކުރިން ފެނުނު އަލިގުޅަ ފެންނާކަށް ނެތެވެ. ބަނޑުގައި އަތް އަޅަމުން މަންޝާ އެތަނުން ތެދުވަން މަސައްކަތް ކުރި ނަމަވެސް ނަގަމުން ދިޔަ ތޫނު ތަދަށް މަންޝާއަށް ކެތްކުރެވޭ ވަރެއް ނޫނެވެ.
ޓޮޕްކޮޅު އުފުލާލަމުން ބަނޑަށް ބަލާލީ އިތުރު ކަމެއް އިހްސާސްވާން ފެށުމުންނެވެ. އޭރު މަންޝާގެ ބަނޑުހުރީ ކޮންމެވެސް ވަރަކަށް ފުއްޕާފައެވެ. ބަނޑުގެ ދެފަރާތުން ފުއްޕާފައިވާ ލޭނާރުތަކުން ނޫކުލައިގެ ދަޅަ އަރާކަން ފާހަގަ ވިއެވެ. ބަނޑުތެރޭގައިވާ ދަރިފުޅު ކޮއްޕާލިހެން ވެސް ހީވިއެވެ.
(ނުނިމޭ)