ބަންކަރިންގެ ހިދުމަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ނިމިފައިވާ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.

ވަޖީހު ވިދާޅޫވީ، އިހަވަންދިއްޕޮޅުގައި އޮފްޝޯ ބަންކަރިން ފެށުމަށްޓަކައި ބަންކަރިން 2 ބޯޓާއި، ޓަޖު ބޯޓަކާއި އަދި ޕައިލެޓް ބޯޓެއް އިހަވަންދިއްޕޮޅަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓު (އައިއެސްޕީއެސް” ގޭޓު) ވެސް ގާއިމް ކޮށް ނިމި، ބަންކަރިން ހިދުމަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ނިމިފައިވާ ކަމަށް ވަޖީހް ވިދާޅުވެއެވެ.

https://www.facebook.com/1160715490/posts/10233004492832110/?mibextid=oFDknk&rdid=y2dEy6w9DgDMZCbC

ވަޖީހު ވިދާޅުވީ ބަންކަރިން ހިދުމަތަކީ މިގައުމުގެ އިގުތިސާދަށް ބޮޑު، އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނެސް ދޭނެ ހިދުމަތެއް ކަމަށެވެ. މިއީ މިގައުމުގައި ކުރަން ޖެހި، އެހެނަސް މިހާތަނަށް އެއްވެސް ވެރިކަމެއްގައި ނުކުރެވި އޮތްކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބަންކަރިންގެ ހިދުމަތާއެކު އިންޓަނޭޝަނަލް ކަސްޓަމަރުންނަށް، އިތުރު 14 ހިދުމަތެއް އެ ސަރަހައްދުން ފޯރު ކޮށްދޭން ފެށޭނެކަން ވަޖީހު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިކަމުގެ ސަބަބުން ސަރުކާރުގެ އެހެން ކުންފުނި ތަކަށާއި، އަމިއްލަ ކުންފުނި ތަކަށް އަދި އަމިއްލަ ފަރުދުންނަށްވެސް އާމްދަނީ ހޯދުމުގެ އިތުރު ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.

ރާއްޖޭގެ އުތުރުގައި ފަށާ ބަންކަރިންގެ ހިދުމަތާއެކު އެ ސަރަހައްދުން ފޯރުކޮށްދިނުމަށް ތައްޔާރު ވެފައިވާ މެރިޓައިމް ދާއިރާގެ އެހެނިހެން ހިދުމަތްތައް ސާފު ވާނޭ ހާއްސަ ވެބުސައިޓެއް ވަނީ ތައްޔާރު ކޮށްފައެވެ. އެއީ އުތުރު މެރިޓައިމް ސާވިސަސް އެވެ.

މި ހިދުމަތުގެ 2 ވަނަ ފޭހެއްގެ ގޮތުގައި، އޮއިލް ޓާމިނަލް އަދި އޮއިލް ޓޭންކުތައް އެ ސަރަހައްދުގައި ގާއިމް ކުރުމުގެ މަސައްކަތް ވެސް ފެށިގެން ދާނެ ކަމަށް ވާޖީހު ވިދާޅުވިއެވެ.