ދެހާސް ސޯޅަ ވަނަ އަހަރު ގެނެސްދިން ލޯބީގެ އަސަރުގަދަ ފިލްމު "ސަނަމް ތޭރީ ކަސަމް" ގެ ސީކުއަލް އިއުލާން ކޮށްފިއެވެ.

ފިލްމުގެ ދެވަނަ ބައެއް ގެނެސްދޭން އުޅޭކަމުގެ އިޝާރާތެއް މީގެ ކުރިން ފިލްމުގެ ބަތަލު ހާޝްވަރްދަން ރާނޭ ދިން އިރު ދާދިފަހުން އެކްޓަރުގެ އިންސްޓަގްރާމްގައި ވަނީ ފިލްމުގެ ދެވަނަ ބައެއް އަންނާނެކަން ކަށަވަރު ކޮށްދީފައެވެ. ފިލްމުގައި ބަތަލާގެ ރޯލު ކުޅޭނީ ކޮން ތަރިއެއްކަން އަދި ހާމަނުކުރިނަމަވެސް ފިލްމުގެ އެކްޓަރުގެ ރޯލުން ފެނިގެންދާނީ ހާޝްވަރްދަންއެވެ.

ފިލްމުގެ ސީކުއަލްއާ ގުޅޭގޮތުން ހަރްޝް ބުނީ ފިލްމުގެ ދެވަނަ ބައެއް ހަދާއިރު ބޭނުންވަނީ ފުރަތަމަ ބައިން ފެނިގެންދިޔަ ބާރުކުޑަ ފިރިހެން ކެރެކްޓަރެއްގެ ރޯލު ކުޅެން ކަމަށެވެ. ފުރަތަމަ ބައިން ފެނިގެންދިޔަ ކެރެކްޓާ ދެވަނަ ފިލްމުން ވެސް ފެންނަން ބޭނުންކަމަށާއި އެ ކެރެކްޓާ ބެލުންތެރިން ޖާދޫގައި ޖައްސާލި ކަމަށެވެ.

ޕާކިސްތާން ބަތަލާއެއް ކަމަށްވާ މަވްރާ ހޮކޭން އާއި ހަރްޝް ލީޑު ރޯލުން ފެނިގެންދިޔަ މި ފިލްމު ބެލުންތެރިންގެ މެދުގައި މަގްބޫލުކަން ލިބުނު ނަމަވެސް ބޮކްސް އޮފީހުގައި މި ފިލްމަށް އެދެވޭ ވަރުގެ ކާމިޔާބީއެއް ލިބިފައެއްނުވެއެވެ. ސަނަމް ތޭރީ ކަސަމް އަކީ މިއަދު ވެސް ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދައިފައިވާ މިއަދުވެސް މީހުން ބަލަމުން އަންނަ ފިލްމެކެވެ.