ބޮލީވުޑްގެ ކުޅަދާނަ ބަތަލާ އާލިއާ ބަޓް އެންމެ އަވަހަށް ފެނިގެންދާ ފިލްމު "ޖިގްރާ" ގެ ރަސްމީ ޓީޒާ ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.

އާލިއާގެ އަމިއްލަ ފިލްމު ކުންފުނި، އިޓާނަލް ސަންޝައިން އާއި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ އިތުރުން ވައޮކޮމް 18 ގުޅިގެން ހަދާފައިވާ ފިލްމުގައި އާލިއާ އާއެކު ލީޑު ރޯލުން ފެނިގެންދާނީ ވެދާންގް ރެއިނާއެވެ. ކޮއްކޮ ސަލާމަތްކުރުމަށްޓަކައި ދައްތައަކުވާ ގުރުބާނީ މި ފިލްމުން ފެނިގެންދާއިރު މި ފިލްމުގެ ޓީޒާއިން ފެނިގެންދަނީ ކޮއްކޮ ސަލާމަތްކުރުމަށް ދައްތަ ކުރިމަތިލާ ނުރައްކާތެރި ކަންތައްތަކެވެ. ވަސަން ބާލާ ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ. މިދިޔަ އަހަރު "ދި އާޗީސް" އިން ބޮލީވުޑަށް ތައާރަފްވި ވެދާންގް އަކީ ބޮލީވުޑްގައި ކުރިއަރަމުން އަންނަ އުންމީދީ ތަރިއެކެވެ.

https://youtu.be/pLPHQaumq4g

ފިލްމުގައި އާލިއާ އާއި ވެދާންގް ގެ އިތުރުން ދެން ހަރަކާތްތެރިވާނެ ތަރިންނަކީ ނޯޖް ޕަހްވާ އާއި ރާހުލް ރަވިންދުރަން އަދި އަދިތިޔާ ނަންދާ އެވެ. މި ފިލްމަކީ މިއަހަރު ސިނަމާއަށް އަންނަ އެންމެ އުންމީދީ އެއް ފިލްމުވެސްމެއެވެ.