ރޭ މެންދަމު ހިނގި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކުގެ ސަބަބުން ނިޔާވި 23 އަހަރުގެ ހަސަން ސަމާހުގެ ކަށުނަމާދު މިރޭ މަޣްރިބް ނަމާދަށް ފަހު އޮންނާނެ ކަމަށް އާއިލާއިން ހާމަކޮށްފިއެވެ.

ސަމާހު ނިޔާވީ މިއަދު ހެނދުނު ހުޅުމާލޭގައި ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން ބޭއްވި 'ބޮޑު 5' ދުވުމުގައި ބައިވެރިވުމަށް ސައިކަލުގައި މެންދަމުގެ ވަގުތެއްގައި ދަނިކޮށް، އެ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ޖެހި، އޭނާ އަށް ލިބިފައިވާ އަނިޔާތަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ސަމާހުގެ ކަށުނަމާދު މިއަދު މަޣްރިބް ނަމާދަށް ފަހު އޮންނާނެ ކަން ހާމަކޮށް، އާއިލާއިން ވަނީ ސަމާހުގެ ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވުމަށް އެދިިފައެވެ.

ރޭ ހިނގި އެކްސިޑެންޓާ ގުޅިގެން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަމާހުގެ އާއިލާ އަށް ތައުޒިޔާ ދަންނަވައި، ގަވައިދުގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ ބާރަށް އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު މެންދުރުފަހު އަންގަވައިފައެވެ.

މި އެކްސިޑެންޓާ ގުޅިގެން އުމުރުން 26 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.