ބްރިޓިޝް ބަތަލާ މޮޑެލް އެމީ ޖެކްސަން ކައިވެނި ކޮށްފިއެވެ.

އިންޑިއާ ފިލްމުތަކުން ވެސް ފެނިގެންދާ އުމުރުން 32 އަހަރުގެ ބަތަލާ، އެމީ ކައިވެނިކުރީ ސީރީޒް "ގޮސިޕް ގާލްސް" އިން އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ޗަކް ބާސްގެ ކެރެކްޓާ ކުޅުނު އެކްޓަރު އެޑް ވެސްޓްވިކްއާ އެވެ. 2022 ވަނަ އަހަރުން ފެށިގެން ޑޭޓްކުރަމުން އައި މިދެތަރިން ކައިވެނިކުރީ އިޓަލީގައެވެ. ކައިވެނީގެ ފޮޓޯތައް ދެތަރިން ވެސް ވަނީ އިންސްޓަގްރާމުގައި ހިއްސާ ކޮށްފައެވެ. ގޭމެއްގެ ތެރެއިން އެމީ އާއި އެޑް ދިމާވިއިރު ދެމީހުން އެކަކު އަނެކަކާ ދިމާވިތާ މާދުވަހެއް ނުވަނީސް ވަނީ ޑޭޓްކުރަން ފަށާފައެވެ. ކައިވެނީގެ ކުރިން އެމީ އާއި އެޑް ވަނީ ދެތަރިންގެ އާއިލާ އާއި ގާތް ރަހުމަތްތެރިންނަށް ހާއްސަކޮށްގެން ޕިއްޒާ ޕާޓީއެއްވެސް ބާއްވާފައެވެ.

ދެތަރިންގެ ކައިވެންޏާއެކު ފޭނުންގެ އިތުރުން އިންޑަސްޓްރީގެ ގިނަ ފަންނާނުން އަންނަނީ ދެމީހުންނަށް ހޫނު މަރުހަބާއެއް ކިޔަމުންނެވެ. މި ކައިވެންޏަކީ ދެ ތަރިންގެ ވެސް އަލަތު ކައިވެނިވެސްމެއެވެ. އެމީ ކުޅުނު ބައެއް އިންޑިއާ ފިލްމުތަކުގެ ތެރޭގައި "އައި"، "2.0" އަދި "ތޭރީ" ހިމެނެއެވެ. އެޑް ކުޅުނު ބައެއް މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ރޯމިއޯ އެންޑް ޖޫލިއެޓް"، "100 ފީޓް" އަދި "ޑާކް ގޭމް" ހިމެނެއެވެ.