އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލަ ބަލައި އެ ކޮރަޕްޝަން ހިންގި މީހުންނަށް ހަގު އަދަބުދީ، ރައްޔތުންގެ ފައިސާ އަނބުރާ ހޯދަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެމްއެމްޕީއާރްސީ ކޮރަޕްޝަންގައި ބައިވެރިވި މީހަކު ސާބިތުވާން ޖެހޭނީ އިންސާފުވެރިކަމާ އެކީގައި ކަމަށާއި އެ ކޮރަޕްޝަންގައި ބައިވެރިވި މީހެއް ކަމުގައި ވާ ނަމަ އެމީހަކަށް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށެވެ.
އެ ކޮރަޕްޝަންގައި ނިގުޅައިގެންފައި ވަނީ ރައްޔިތުންގެ ފައިސާ ކަމަށާއި އެ ފައިސާ ހޯދަން އެސެޓް ރިކަވަރީ ކޮމިޝަން ގާނޫނު ތައާރަފް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ގާނޫނު ހެދުމާއެކު އެމްއެމްޕީއާރްސީ މައްސަލަ ނޫނަސް އެހެނިހެން ވައްކަމުގެ މައްސަލަތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށާއި ރާއްޖެއިން ބޭރަށް ގެންދާ ފައިސާ ވެސް ހޯދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮރަޕްޝަނަކީ އަބަދު ސަރުކާރު ތެރޭގައި ހިނގަހިނގާ އޮންނަ ކަމެއްގެ ގޮތުގައި ފުރުސަތު ދީގެން ނުހުންނަވާނެ ކަމަށާއި ބަދަލު ގެންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން މުއއިްޒު ވިދާޅުވީ، އެމަނިކުފާނު ވެރިކަން ކުރާނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ.