1446 ވަނަ އަހަރުގެ ތަހުނިޔާ އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.

އިސްލާމީ ގައުމުތަކުގެ އިސްވެރިންނަށް ވަކިވަކިން ރައީސް މުއިއްޒު ފޮނުއްވެވި މެސެޖުގައި މި އާ އަހަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އިސްލާމީ އަހުންނާއި އުހުތުންނަށް އުފާވެރިކަމާއި، ހަމަޖެހުމާއި، އެއްބައިވަންތަކަން ގެނެސްދެއްވުމަށް އެދި ދަންނަވާފައި ވެއެވެ.

އަދި ހާއްސަގޮތެއްގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް މާތްاللهގެ ރަހްމަތާއި ބަރަކާތް ލެއްވުން އެދި އެމަނިކުފާނު ދުއާ ދަންނަވާފައިވެއެވެ.

ހަމައެހެންމެ މާތްالله އިސްލާމީ އުންމަތުގެ ސުލްހަމަސަލަސްކަމާއި އެއްބައިވަންތަކަމާއި އުފާ ފާގަތިކަމަށްޓަކައި ގައުމުތަކުގެ ގުޅުން ވަރުގަދަކުރެއްވުން އެދިވެސް އެ މަނިކުފާނު ވަނީ ދުއާ ދަންނަވާފައެވެ.

މީގެ އިތުރުން ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ދެއްވި ހިތާބުގައި ވަނީ ގައުމުގެ ކަންކަން އިސްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށް ވުމަށް އެދި ގޮވާލާފައެވެ.

އަދި ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް އެތައް ބިދޭސީއަކު ދިރިއުޅެމުންދާ ކަމަށް އެމަނިކުފާނު ފާހަގަ ކުރައްވާ މަސްތުވާތަކެއްޗާއި، ގޭންގު ކުށްތައް ފަދަ ކަންކަން ހުއްޓުވައި، މީހުންނަށް ހެޔޮ ވިސްނައިދިނުމުގައި މުޖްތަމައުވަނީ އިހުމާލުވެފައި ކަމަށާއި ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުމާއި ހަރަދުބަރަދު ކުޑަކުރުން ފަދަ އާދަތަކަށް އަހުލުވެރިވުން ކުޑަ ކަމަށް ރައީސް ވަނީ އެދިލައްވާފައެވެ.