ބޮލީވުޑްގެ މަޝްހޫރު ބަތަލު ވަރުން ދަވަން އަށް އަންހެން ދަރިއަކު ލިބިއްޖެއެވެ.

މި މަހު ތިން ވަނަ ދުވަހު ވަރުންގެ އަނބިމީހާ ނަތާޝާ ޖަލީލު އެދެމަފިރިންގެ އަލަތު ދަރިފުޅު ވިހެއުމުން ބޮލީވުޑްގެ ގިނަ ތަރިންގެ އިތުރުން ވަރުންގެ ގިނަ އަދަދެއްގެ ފޭނުން ވަނީ ދެމަފިރިންނަށް މަރުހަބާ ކިޔާފައެވެ. މިދިޔަ ފެބްރުއަރީ މަހު ނަތާޝާ އަލަތު ދަރިފުޅަށް ބަލިވެ އިން ވާހަކަ އިންސްޓަގްރާމުގައި ހިއްސާކުރިއިރު ދެމީހުން ބުނީ ދަރިފުޅު ދެކިލުމަށް ކެތްމަދުވެފައިވާ ވާހަކައެވެ.

ފެޝަން ޑިޒައިނަރެއް ކަމަށްވާ ނަތާޝާ ދަލާލް އާއި އެކްޓަރު ވަރުން ކައިވެނިކުރީ ޖެނުއަރީ 24، 2021 އެވެ. މީގެ ކުރިން ވަރުން ދިން އިންޓަވިއުއެއްގައި ބުނީ ނަތާޝާ އޭނައަށް އެންމެ ފުރަތަމަ ފެނުނީ ހަ ވަނަ ގުރޭޑުން ކަމަށާއި 12 ވަނަ ގުރޭޑު ނިމެންދެން ދެ މީހުން ތިބީ އެކުވެރި ދެ ރަހުމަތްތެރިންގެ ގޮތުގައި ކަމަށެވެ. މި ދެމީހުންނަކީ ޅައުމުރުން ފެށިގެން އެއްކޮށް އުޅުނު ދެ ލޯބިވެރިންނެވެ.

2012 ވަނަ އަހަރު ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ތައާރަފްވި ވަރުން އަކީ ކުޅަދާނަ ޑައިރެކްޓަރު ޑޭވިޑް ދަވަން ގެ ހަގު ދަރިފުޅުވެސްމެއެވެ. ބަތަލު އެންމެ ފަހުން ފެނިގެންދިޔައީ ޖާންވީ ކަޕޫރުއާއެކު "ބަވާލް" އިންނެވެ. ވަރުން ދެން އެންމެ އަވަހަށް ފެނިގެންދާނޯ ތުރިލާ ފިލްމަކުންނެވެ.