2018 ވަނަ އަހަރު ކަރަން ޖޯހަރު ގެނެސްދިން ފިލްމު "ދަޅަކް" ގެ ދެވަނަ ބައި "ދަޅަކް 2" އަންނަ ނޮވެމްބަރު މަހު ސިނަމާގައި އަޅުވަން ތާވަލް ކޮށްފިއެވެ.

ޓްރިޕްތީ ދިމްރީ އާއި ސިދާންތު ޗަތުރަވެދީ ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ މޯޝަން ޕޯސްޓަރެއްވެސް އާންމު ކޮށްފައި ވާއިރު މި ފިލްމަކީ ކަރަންގެ ދަރުމާ ޕްރޮޑަކްޝަންސް އިންނާއި ޒީ ސްޓޫޑިއޯސްގެ އިތުރުން ކްލައުޑް 9 ޕިކްޗާސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. އަންނަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވަން ތާވަލްކޮށްފައިވާ މި ފިލްމަކީ ތްރިޕްތީ އާއި ސިދާންތު އެކުގައި ކުޅޭ ފުރަތަމަ ފިލްމުވެސް މެއެވެ.

https://www.instagram.com/reel/C7dpwYWvFvV/?utm_source=ig_embed&ig_rid=bbab98be-3ec8-447d-b1c4-ac98960175cb

ޝާޒިޔާ އިގްބާލް ގެނެސްދޭ މި ފިލްމަކީ ކުރީ ފިލްމުގެ އެއްވެސް ބަޔަކާ ގުޅުވައިގެން ގެނެސްދޭ ފިލްމެއް ނޫނެވެ. 2018 ވަނަ އަހަރު ޝަޝަންކް ކައިތާން ޑިރެކްޓްކޮށް ގެނެސްދިން "ދަޅަކް" އަކީ ބަތަލާ ސްރީދޭވީގެ ދަރިފުޅު ބަތަލާ ޖާންވީ ކަޕޫރާއި ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތުރާ ބޮލީވުޑަށް ތައާރަފްވި ފިލްމުވެސްމެއެވެ. އެ ފިލްމަށް ވަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.

ރަންބީރު ކަޕޫރުގެ "އެނިމަލް" ގައި ބަތަލާ ތްރިޕްތީ ކުޅުނު ރޯލާއެކު އޭނާ މަޝްހޫރުވެގެންދިޔައިރު އޭނާ އަތުގައި މިހާރުވެސް ގިނަ ފިލްމުތަކެއް އެބައޮތެވެ. އޭނާ އެންމެ އަވަހަށް ފެނިގެންދާނީ "ބޭޑް ނިއުސް" އިންނެވެ.