މޫނުގައި ހުންނަ ރޫތައް ފިލުވާލައި ޅަ ވާން ވެގެން ހަދާ "ވެންޕަޔާ ފޭޝަލް" ހެދުމުގެ ތެރެއިން އެޗްއައިވީ ޖެހޭކަން ފާހަގަ ވެ އެއީވެސް އެޗްއައިވީގެ ވައިރަސް ގައިން ގަޔަށް އަރާ ގޮތެއް ކަމަށް އެމެރިކާގެ ސީޑީސީން ކަނޑައަޅައިފިއެވެ.
ނިއު މެކްސިކޯގެ މެޑިކަލް ސްޕާއެއްގައި ވެންޕަޔާ ފޭޝަލް ހެދި މީހުންގެ ތެރެއިން 3 މީހަކަށް އެޗްއައިވީ ޖެހުނު މައްސަލައެއް ފެންމަތިވެ އެމެރިކާގެ ސީޑީސީން ހިންގި ތަހުގީގަކުން އެކަން ވެފައި ވަނީ ފޭޝަލް ހަދަން ގެންގުޅު ކަށިން ކަން ފާހަގަވެ އެއީވެސް އެޗްއައިވީ އަރާގޮތެއް ކަމަށް ކަނޑައަޅާފައި ވާއިރު, އެ ތަހުގީގުން އެނގުނީ އެ ކްލިނިކްގައި ބޭނުން ކުރި ބައެއް ކަށިތަކަކީ އެއްފަހަރަށް ވުރެ ގިނަ ފަހަރު ބޭނުން ކޮށްފައި ވާ ކަށިކަމަށް ވެސް ބުނެފައި ވެއެވެ.
ކިމް ކާޑޭޝިއަން ފަދަ މޮޑެލުން ޅަ ކޮށް ހުރުމަށްޓަކައި ހަދާ ވެމްޕަޔާ ފޭޝަލް އަކީ މެދުއުރުމުގެ އަންހެނުންގެ މަދުގައި މިހާރު މަގުބޫލުވަމުން އަންނަ ފޭޝަލް އެކެވެ.
ވެމްޕަޔާ ފޭޝަލްގައި ހަދާ ގޮތަކީ އެމީހެއްގެ ހަށިގަނޑުން ލޭ ފޮދެއް ނެގުމަށް ފަހު މެޝިނެއްގެ އެހީގައި ޕްލެޓްލެޓްސް އާއި ސެލްތައް ވަކިކޮށްލަނީއެވެ. ދެން އެ ލިބޭ ޕްލާސްމާ ޅަ ވާން ބޭނުންވާ މީހާގެ މޫނުގެ އެތަން މިތަނަށް [ރޫ ހުންނަ ތަންތަނަށް] ޖަހަނީއެވެ. ސިރިންޖް ކައްޓެއް ބޭނުންކޮށްގެން އެގޮތަށް މޫނުގެ އެތަން މިތަނަށް ޕްލާސްމާ އިންޖެކްޓް ކުރާ އިރު މޫނުމަތި ފެންނަން އޮންނަނީ ލޭ ހިލިފައި އޮންނަ ގޮތަކަށެވެ.
ޕްލެޓްލެޓް އިން މުއްސަނދި ޕްލާސްމާ ފަރުވާ ބޯން ގްރާފްޓިން އާއި އޮސްޓިއޯއާތްރައިޓިސް ފަދަ ބަލިތަކަށް ފަރުވާދޭންވެސް ބޭނުން ކުރެއެވެ. މީގެ އިތުރުން ބޮޓޮކްސް އިންޖެކްޝަނާއި ލިޕް ފިލާސް ފަދަ ފަރުވާތައް ވެސް ޅަ ވާން ބޭނުންވާ މީހުން ހޯދައެވެ. އަދި އިސްތަށި ފެޅުވުމަށާއި ޒުވާންކަން ދެމެހެއްޓުމަށް މި ފަރުވާ ބޭނުން ކުރާ އިރު މިއީ މިފަދަ ގޮތަކަށް އެޗްއައިވީ ވައިރަސް އަރާކަން ދެނެގަނެވުނު ފުރަތަމަ ފަހަރެވެ.
އެޗްއައިވީ އަކީ އެއިޑްސް ބަލި ޖައްސާ ވައިރަސް އަށް ވާއިރު މިއަދާ ހަމައަށް ވެސް އެ ބައްޔަށް ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އެއިޑްސް ބަލި ޖެހިއްޖެ ނަމަ އެމީހަކަށް އޮންނަ ގޮތަކީ ރައްކާތެރި ވުމަށް އެކިއެކި ބޭސްތައް ބޭނުން ކުރުމާއި ޖިންސީ ގުޅުން ހިންގާ އިރު ހުރަސް ބޭނުން ކުރުންފަދަ ކަންކަން ކުރުމެވެ. އަދި އެއިޑްސް ހުންނަ މީހަކާ އެކީ ހުރަހެއް ނެތި ޖިންސީ ގުޅުން ހިންގައިފިނަމަ ބައިވެރިޔާގެ ގަޔަށް އެޗްއައިވީ ވައިރަސް ފަސޭހައިން އަރައެވެ.
ޢިންޑިއާގެ ސްޓާރުންތައް ތިބެނީ ތިޔަކަންކޮށް އަނިލް ކަޕޫރު ޝިލްޕާ ޝެޓީ މަލައިކާ އެކަމަކު އެއްބަހެއް ނުވޭ އެކަން ކުރާ ކަމަކަށް. ޢެއްބަސްވި މީހަކީ އަދި އޭނާ އެކަން ކުރިތަން ވީޑިއޯ ކޮށް ދެއްކީ ހަމަ އެކަނި ރާހޫލް މަހާޖަން.