ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ގަހެއްގައި ޖެހި ފުރޮޅާލައި އެކަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިިފިއެވެ.

ފުލުހުން ބުނީ، ރޭ ފަތިހު ލިބުނު ރިޕޯޓަކާ ގުޅިގެން ހަރަކާތްތެރި ވެފަައި ވާ ކަމަށާއި ފުރޮޅުނު ކާރުގެ ފަހަތު ސީޓިގައި އިން އަންހެނަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށެވެ.

އޭނާގެ ހާލު ސީރިއަށް ނޫން ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައި ވާ ގޮތުން ކާރު ކޮންޓްރޯލް ނުވެ ގޮސް ގަހެއްގައި ޖެހުނީ ފޭސް 1 ގައި އޮންނަ ސެންޓްރަލް ޕާކް ވަށައިގެން ދުއްވަނި ކޮށް ގޮސް ޕާކްތެރެއަށް ވަނުމާއެކުގައެވެ.

އެ ވަގުތު ކާރުގައި ތިބި މީހުންގެ އަދަދު ފުލުހުން ހާމަ ކޮށްފައި ނުވާ އިރު ބުނެފައި ވަނީ ކާރު ދުއްވަން އިން މީހާގެ ލައިސަންސް މިހާރު ހިފަހައްޓައި ކާރު ޓޯ ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.