ނ. މާފަރު ފަޅު ތެރޭ އޮންނަ ދެ ފަޅު ރަށެއް ކަމަށްވާ 'ފަރުމުލި' އާއި 'ކަނޑިންމަހުރާ' މާފަރުގެ އިހުތިސޯސްގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމަނުއްވައިފިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2020 ވަނަ އަަހަރު ވަނީ އެ ދެ ފަޅު ރަށް ހިމެނޭ ގޮތަށް 80 ހެކްޓަރުގެ ސަރަހައްދެއް މާފަރުގެ އިހްތިސާސުން ވަކިކޮށްފައެވެ.

އެ މައްސަލާގައި މާފަރު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށް އެ ގަރާރު އިސްލާހު ކޮށްދިނުމަށް އޭރުގެ ސަރުކާރުގައި އެދުނު ނަމަވެސް އެކަމުގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައި ނުވެއެވެ.

އއ. ބޮޑުފުޅަދޫ

އެއާ ހިލާފަށް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވައި ގެޒެޓު ކުރި ގަރާރުގައި ބުނެފައި ވަނީ ފަރުމުލި އާއި ކަނޑިންމާހުރާ އަކީ މާފަރުގެ ބައެއްގެ ގޮތުގައި ކަނޑައަޅަން ނިންމާަފއިވާ ކަމަށެވެ.

މީގެ އިތުރުންވެސް އއ. ވެލިދޫދިއްގާ ފަޅަކީ އެ އަތޮޅު ބޮޑުފުޅަދޫ ބައެއްގެ ގޮތުގައިވެސް ރައިސް ވަނީ ކަނޑައަޅުއްވާފައެވެ. ރަށްރަށުގެ ކައުންސިލްތައް ބޭނުންވާ ގޮތަށް ކައިރީ ފަޅު ރަށްތައް ދޫކުރާނެ ކަމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ. އޭގެ ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވީ އެ ފަޅުތަކުން ލިބޭ ނަފާ އެ ރަށެއްގައި ދިރިއުޅޭ ރައްޔތުންނަށް ފޯރުކޮށްދިނުމެވެ.