ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ޓައިގާ ޝްރޮފް ލީޑު ރޯލުން ފެނިގެންދާ ފްރެންޗައިޒް ފިލްމު "ޓައިގާ" ގެ ހަތަރު ވަނަ ބައި ރަސްމީކޮށް އިއުލާންކޮށްފިއެވެ.

އެމެޒޯން ޕްރައިމް ވީޑިއޯއިން ގެނެސްދޭން ހުރި އިންޑިއާގެ އާ ކޮންޓެންޓްތައް އިއުލާންކުރަން ބޭއްވި ކުލަގަދަ ހަފްލާގައި މި ފިލްމުގެ ހަތަރު ވަނަ ބައި އަންނާނެކަން އިއުލާންކުރީ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާއެވެ. މި ފިލްމު ރަސްމީކޮށް އިއުލާންނުކުރި ނަމަވެސް ފިލްމުގެ ޑައިރެކްޓަރު އަދި ފިލްމުގެ ކާސްޓުން އިއުލާންކޮށްފައެއްނުވެއެވެ. ނަމަވެސް ފިލްމުގެ ފިރިހެން ލީޑުން ފެނިގެންދާނީ ޓައިގާކަން ވަރަށް ބޮޑަށް ޔަގީނެވެ. އެއީ އެކްޓަރަކީ ކުރީ ތިން ފިލްމުގެ ވެސް ލީޑު ފިރިހެން ތަރި ކަމަށްވުމުންނެވެ.

މީގެ ކުރިން މީޑިއާތަކުގައި ރިޕޯޓްކޮށްފައިވަނީ މި ފިލްމުގެ ބަތަލާ އަކީ ސާރާ އަލީ ހާން ކަމަށެވެ. އެއީ ސާޖިދު މި ފިލްމު ކުޅުވަން ބޭނުންވަނީ ޒުވާން ތަރިއެއް ލައްވައެވެ. އެހެންވެއްޖެނަމަ މި ފިލްމު ވެގެންދާނީ ޓައިގާ އާއި ސާރާ ލީޑު ރޯލުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. މި ފިލްމުގެ ފުރަތަމަ ބައެއް 2016 ވަނަ އަހަރު ސަބީރު ހާން ގެނެސްދިން އިރު ފިލްމުގެ ބަތަލާ އަކީ ޝްރައްދާ ކަޕޫރެވެ. 2018 ވަނަ އަހަރު ފިލްމުގެ ދެވަނަ ބައި ޓައިގާގެ އޭރުގެ ލޯބިވެރިޔާ ދިޝާ ޕާޓްނީ އާއެކު ޑައިރެކްޓްކޮށް ގެނެސްދިނީ އަހުމަދު ޚާނެވެ. ފިލްމުގެ ތިން ވަނަ ބައި ވެސް އޭނާ ޑައިރެކްޓްކުރި އިރު އެ ފިލްމުގެ ލީޑުން ވެސް ފެނިގެންދިޔައީ ޝްރައްދާއެވެ. ބާގީ 3 ވެގެން ދިޔައީ 2021 ވަނަ އަހަރުގެ އެންމެ ބޮޑު އޯޕަނިން ހޯދި ފިލްމަށެވެ.