ދެހާސް ވިހި ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ގުޑް ނިއުސް" އަށްފަހު "ބޭޑް ނިއުސް" ކިޔާ ފިލްމެއް ގެނެސްދޭން ތައްޔާރުވެއްޖެއެވެ.

މި ފިލްމަކީ "ގުޑް ނިއުސް" ނިންމާލި ހިސާބުން ގެނެސްދޭ ފިލްމެއް ނޫނެވެ. މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް ފިލްމު ޑައިރެކްޓްކޮށް ގެނެސްދެނީ އާނަންދު ތިވާރީ އެވެ. ދަރުމާ ޕްރޮޑަކްޝަން އާއި އެމެޒޯން ޕްރައިމް އިން ގުޅިގެން ގެނެސްދޭ މި ފިލްމަކީ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކެއްގެ އަސްލަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ޝޫޓިން މިހާރު އެއްކޮށް ނިންމާލާފައިވާއިރު މި ފިލްމު ސްޓްރީމްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ވިކީ ކޯޝަލް، ފިލްމު "އެނިމަލް" އިން ބެލުންތެރިންގެ ސަމާލުކަން ހޯދި ޓްރިޕްތީ ދިމްތީގެ އިތުރުން އައްމީ ވާކް ލީޑު ރޯލުން ފެނިގެންދާ މި ފިލްމަށް ކުރިން ދިން ނަމަކީ މޭރޭ މެހެބޫބް މޭރޭ ސަނަމް" އެވެ. ނަމަވެސް ފިލްމުގެ ނަން ވަނީ "ބޭޑް ނިއުސް" އަށް ފަހުން ބަދަލުކޮށްފައެވެ.

ގުޑް ނިއުސްގެ ވާހަކަ ބިނާކޮށްފައި އައިވީއެފް ހެދުމުގެ ތެރޭގައި ހޮސްޕިޓަލަށް ވެވޭ އިހުމާލެއްގެ ސަބަބުން ހަތަރު މީހުންގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތުގެ މައްޗަށެވެ. އަކްޝޭ އާއި ކަރީނާގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން ދިލީތު ދޯސާންޖް އަދި ކިއާރާ އަދްވާނީ ވަނީ ފެނިގެން ގޮސްފައެވެ.