ޖަމިއްޔާއެއްގެ އެކައުންޓުން 5 ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރުނު ސްކޭމް ކޯލު ކޮށްފައިވަނީ މާފުށީ ޖަލުން ކަމަށް ފައިނޭންޝަލް ކްރައިމް ޑިޕާޓްމެންޓްގައި މަސައްކަތް ކުރައްވާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވެއްޖެއެވެ.
ލޫތު އެފަދައިން ވިދާޅުވެފައިވަނީ ފުލުހުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަަވަމުންނެވެ.
ލޫތު ވިދާޅުވީ ސްކޭމް ކޯލާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން އޮޅުވާލައިގެން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ 5 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޖަމިއްޔާއެއްގެ އެކައުންޓުން ވަގަށް ނަގާފައި މައްސަލައަކާ ގުޅިގެން މިހާރު މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށެވެ.
ލޫތު ވިދާޅުވީ ފުރަތަމަ މައްސަލަ ތަހުގީގުކުރަން ފެށިއިރުގައި ފައިސާ ދައުރުކޮށްފައިވާ އޭރު ބެލެވުނީ 14 ފަރާތެއްގެ އެކައުންޓަށް ކަމަށާއި އެހެންނަމަވެސް މައްސަލަ ތަހުގީގު އިތުރަށް ކުރިއަށް ގެންދިޔަ މިންވަރަކުން ޖުމްލަ 40 ފަރާތެއްގެ އެކަންޓަށް އެ ފައިސާ ދައުރުކުރުވާފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން ގިނަ ތަންތަނަކާއި މީހުން ދިރިއުޅޭ ގެތައް ބަލާ ފާސްކޮށް އަދި މައްސަލައާ ގުޅޭ ހެކި ގަރީނާ ހޯދިފައިވާ ކަމަށް ލޫތު ވިދާޅުވިއެވެ.
ލޫތު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކުރެވުނު ތަހުގީގުތަކުން އެނގުނީ އެ މައްސަލާގައި އޮޅުވާލައިގެން އެ ކޯލް ކޮށްފައިވަނީ މާފުށި ޖަލުން ކަމަށެވެ. އަދި އެ މައްސަލާގައި މި މަހުގެ 7 ވަނަ ދުވަހު މާފުށީ ޖަލު ބަލާ ފާސްކޮށްފައިވާ ކަމަށް ލޫތު ވިދާޅުވިއެވެ.
ލޫތު ވިދާޅުވީ އެ ބަލާ ފާސްކުރެވުނު ތެރެއިން ގިނަ އަދަދެއްގެ ސްމާޓް ފޯނު ހިމެނޭ ގޮތަށް 22 އަށް ވުރެ ގިނަ ފޯނާއި ސިމް ކާޑާއި ސްޓޯރޭޖް ޑިވައިސްތަކާއި ބެޓެރިއާއި ޕަވަ ބޭންކާއި ހެޑް ސެޓް ފަދަ ގިނަ އާލާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ކަލޭމެން ކުރުވާކަމެއް ވީމަނޫނީ ކިހިނެއް ކަލޭމެންގެ ބެލުމުގެ ދަށުގަތިބޭބަޔަކު ފޯނާ އަނބިމީހާ ދަރިންނާ ކަބަޑާ އަލަމާރިޔާ ބިޓާ މިހުރިހާ އެއްޗެއް ގެންގުޅޭނީ
ޖަލު ބަލަހައްޓާމީހުން ބަލަހައްޓާލެއް މޮޅުކަމުން ދޯ އެހުރިހާއެއްޗެއް ޖަލަށް ވެއްދެނީ