ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން އަމިއްލައަށް ބެލެހެއްޓުމަކީ އެހެން ބަޔަކު ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އަސްކަރީ ޑްރޯން އިފްތީތާހު ކުރުމަށް މިރޭ މާފަރު އިނިްޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ، ރާއްޖެ ހިމެނޭ މި ބޮޑު ސަރަހައްދަކީ ދިވެހިންގެ ދަރިންނާއި ދަރިންގެ ދަރީންގެ މުސްތަގްބަލް އުޖާލާ ކުރުމައްޓަކައި ލިބިފައިވާ ބޮޑު ނިއުމަތެއް ކަމަށެވެ. މި ސަރަހައްދުން ރާއްޖޭގެ އިގްތިސޯދު ފުޅާކުރުމައްޓަކައި ކުރެވިދާނެ އެތައް ކަމެއްއެބަ ހުރިކަން އެންމެން ގަބޫލު ކުރަންނޖެހޭ ކަމެއް ކަމަށާއިމި ސަރަހއްދު ބެލެހެއްތޫމަކީ އެންމެން ކުރާ ކަމަކަށް ހަދަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސަރަހައްދު، އަޅުގަނޑުމެންގެ އިން ފާރުގެ އެތެރެ ބަލަހައްޓާނީ އަޅުގަނޑުމެން. މިއީ އަޅުގަނޑުމެންގެ ހައްގެއް. ދިވެހި ރައްޔިތުން އެދމުންދާ އުންމީދު ކުރަމުްނ އައި ދުވަހެއް. އިރާދަކުރެއްވީތީ ﷲގެ ހެޔޮ ރަހްމަތާ އެކީގައި އަޅުގަނޑުމެންނަށް މިއަދު ހަގީގަތަކަށް މި ހެދުނީ."
ރައީސް ޑރ. މުހައްމަދު މުއިއްޒު

މިއީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި، އަމިއްލަ ސިޔާދަތީ ބާރު މި ސަރަހައްދަން ހިނގާ ކަން ފާހަގަ ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އަމިއްލަ އަށް އަމިއްލަ ގައުމުގެ ބެލެހެއްޓުމަކީ އެހެން ބަޔަކު އެކަމާ ކަންބޮޑިވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. އެހެން ބަޔަކު މިކަމާ ކަންބޮޑުވާ ނަމަ އެއީ ކަންބޮޑުވާން ޖެހޭނެ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަމިއްލަ ގައުމު އަމިއްލައަށް ބަލަހައްޓަން ކުރަމުން އަންނަ މަސައްކަތް މިއަދު ހަގީގަތަށް ހައްދަވައި ދެއްވައިފި ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، މި މަސައްކަތުގައި އެމަނިކުފާނަށް އެންމެ ބޮޑު އެއްބާރުލެއްވުމެއް ދެއްވީ އިސްލާމީ އުމަތް ފަހުރުވެރިވާ ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން ކަމަށެވެ. ތުރުކީގެ ރައީސް އަށް ރައީސް މުއިއްޒު ވަނީ އެމަނިކުފާނާއި ހުރިހާ ދިވެހިން ނަމުގައި ހާއްސަ ޝުކުރެއް އަދާ ކުރައްވާފައެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންތާ ދެ ހަފްތާ ނުވަނީސް ތުރުކީން އެމަނިކުފާނަށް ދައުވަތު ދެއްވައި ކިޔުއްވި ހޫނު މަރުހާޞާ އާއި ދެއްވި ސަމާލު ކަމަކީ މިއަދު މިކަން ހަގީގަތަށް ވުމުގެ އަސްލުގެ ގޮތުގައި މުއިއްޒު ފާހަގަ ކުރެއްވިއެވެ. މިއަދު ތިން ޑްރޯން ދެއްވި ކަމުގައި ވިޔަސް އަދި ޑްރޯންތައް އިތުރުވާނެ ކަމަށާއި ތުރުކީ ރައީސް އާއެކު އޮތް ގާތް ގުޅުމާއެކު ދިވްހި އަސްކަރިއްޔާއަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.