ބޮލީވުޑްގެ ކާމިޔާބު ބަތަލާ ޕަރިނީތީ ޗޯޕްޅާގެ އާ ފިލްމެއް އަންނަ އޭޕްރިލް މަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

"ޗަމްކީލާ" ނަމުން ނަންދީފައިވާ މި ފިލްމަކީ އަންނަ އޭޕްރިލް މަހުގެ 12 ވަނަ ދުވަހު ސްޓްރީމިން ޕްލެޓްފޯމް ނެޓްފްލިކްސްގައި ސްޓްރީމްކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. އެކްޓަރު ދިލްޖީތު ދޮސަންޖް ފިރިހެން ބަތަލު ރޯލު ކުޅޭ މި ފިލްމަކީ ޕަންޖާބީ ލަވަކިޔުންތެރިޔާ އަމަރް ސިންގް ޗަމްކީލާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. އަމަރް މަރާލާފައިވަނީ އޭނާގެ އުމުރުން އެންމެ 27 އަހަރުގައި 1988 ވަނަ އަހަރުގައެވެ. އޭނާ މަރާލީ މޮޓޯސައިކަލިސްޓް ގޭންގަކުންނެވެ. މިހާތަނަށް އައިއިރު އޭނާގެ މަރުގެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައިނުވާއިރު އެ މަރަށް އިންސާފުވެސް ލިބިފައެއްނުވެއެވެ. އިމްތިއާޒް އަލީ ޑައިރެކްޓްކުރާ މި ފިލްމުގައި ބަތަލާ ޕަރިނީތީ ކުޅޭނީ ޗަމްކީލާގެ އަންހެނުން އަމަރްޖޯތު ކޯރްގެ އަންހެނުންނެވެ. ލަވަކިޔުންތެރިޔާ ޗަމްކީލާ މަރާަލިއިރު އޭނާގެ އަނތްބަކާއި ތިން ކުދިން ދުނިޔޭގައި ތިއްބެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އިންޑިއާގެ އާމް އާދުމީ ޕާޓީ (އޭއޭޕީ)ގެ ލީޑަރެއް ކަމަށްވާ ރާގަވް ޗައްޑާ އާއި ކައިވެނިކުރި ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ވަނީ ދާދިފަހުން ރާއްޖެވެސް އައިސްފައެވެ. ދެހާސް އެގާރަ ވަނަ އަހަރު ފިލްމު "ލޭޑިސް ވާސަސް ރިކީ ބާލް" އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ ޕަރިނީތީ ވަނީ އާންމުން ބަލައިގަންނަ ފެންވަރުގެ މޮޅު ފިލްމުތަކެއް ކުޅެ އޭނާގެ ހުނަރު ދައްކާލާފައެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ އޮކްޓޯބަރު މަހު ރިލީޒްކުރި "މިޝަން ރާނީގަންޖް" އިންނެވެ.