ބޮލީވުޑްގެ ދެ އެކްޓަރުން ކަމަށްވާ އަލީ ފަޒަލް އާއި ރިޗާ ޗަައްޑާ އަށް ވެސް ދަރިއަކު ލިބެން އުޅޭކަން އިއުލާން ކޮށްފިއެވެ.

އެކްޓަރު ފަޒަލް އާއި ރިޗާ އަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން ހާމަކުރީ ދެމީހުންގެ އިންސްޓަގްރާމް އެކައުންޓުގައެވެ. އެ ޕޯސްޓުގެ ފޮޓޯގައި ދެތަރިންގެ ފޮޓޯ އާއެކު ވަން ޕްލަސް ވަން އީކުއަލްސް ތުރީ" ޖަހާފައި ވެއެވެ. އަދި ކެޕްޝަންގައި ދަރިން ޖަހާފައިވަނީ ކުޑަކުޑަ ހިތުގެ ވިންދަނީ ދުނިޔެއިންވެސް އެމީހުންނަށް އެންމެ އަޑުބާރު ވިންދުކަމަށެވެ. ތުއްތުގެ ހިތެއްގެ ވިންދު ޖަހަން ފަށާފައިވާ ކަމަށް އެ މީހުންގެ ޕޯސްޓުގައި ބުނެ އަޕްލޯޑްކުރުމާއެކު ގިނަ ތަރިންގެ އިތުރުން އާންމުންގެ ގިނަ ބަޔަކު އަންނަނީ ދެތަރިންނަށް މަރުހަބާ ކިޔަމުންނެވެ.

2017 ވަނަ އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކުރުމަށްފަހު ދެމީހުން އެންގޭޖްވީ 2018 ވަނަ އަހަރުގައެވެ. ފަޒަލް، ރިޗާ އަށް ޕްރޮޕޯސް ކުރީ ވެސް ރާއްޖޭގެ ރިސޯޓެއްގައެވެ. މިދެތަރިން މީގެ ކުރިން ކައިވެންޏެއް ކޮށްފައެއްނުވެ އެވެ. ފަޒަލް އާއި ރިޗާ ކައިވެނިކުރީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. ދެތަރިން އެންމެ ފުރަތަމަ ކައިވެނިކުރަން ނިންމީ 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގައެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގައި އިންޑިއާ އެއްކޮށް ލޮކްޑައުން ކުރުމާއެކު އެކައިވެނި ކުރުމަށް ހުރަސްއެޅުނެވެ.

އެކީގައި 2013 ގެ ފިލްމު "ފުކްރޭ" ގައި ވެސް މަސައްކަތްކޮށްފައިވާ ފަޒަލް އާއި ރިޗާ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ވެސް ހިންގަ އެވެ.