ހާއްސަ ޑިސްކައުންޓު ތަކަކާއެކު މޫލީ ރޯދަ ސޭލް ފަށައިފިއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ، މޫލީ، އީކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް މި ސޭލްގައި ދޫކުރަން ހަމަޖެހިފައިވަނީ އިލެކްޓްރޯނިކް ސާމާނުގެ ތެރެއިން ފޯނާއި ލެޕްޓޮޕާއި އަދި ސްމާޓް ގަޑި ފަދަ ތަކެތި ކަމަށެވެ. މީގެއިތުރުން މި ސޭލް އަށް ގެއަށް ބޭނުންވާ ސާމާނުވެސް ކުރިއަށް އޮތް ހަފްތާގައި އިތުރުވެގެން ދާނެކަމަށް ވަނީ ބުނެފައެވެ.

އިއްޔެ ފަށާފައިވާ މި ސޭލް ރޯދަމަހުގެ ފަހު ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ. އުރިދޫއިން ބުނީ ސޭލްގައި ހިމެނޭ ކޮންމެ އެއްޗަކީވެސް ހާއްސަ ޑިސްކައުންޓަކާއެކު ލިބޭނެ އެއްޗެއްކަމަށާއި މޫލީ މެދުވެރިކޮށް ގަންނަ ކޮންމެ އެއްޗެއްވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ގެންގޮސްދޭނެކަމަށެވެ.

އުރީދޫއިން ވަނީ ދާދިފަހުން މޫލީ މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް24 ފޯނު ޕްރީއޯޑާ ކުރި ކަސްޓަމަރުންނަށް ފޯނު ހަވާލުކުރުމަށް ޑެލިވެރީވެސް ފަށާފައެވެ. މި އޮފާގެ ދަށުންވެސް އުރީދޫއިން ވަނީ ޕްރީ އޯޑާ ކުރާ ކޮންމެ ކަސްޓަމަރަކަށް ސެމްސަންގް ގެލެކްސީ ގަޑިއަކާއި، 100 ޖީބީ ބޯނަސް ޑޭޓާ އާއި، އެޑޯބީ ފޮޓޯޝޮޕް ލައިޓްރޫމްގެ 2 މަހުގެ ޕްރީމިއަމް އޮފާ ދީފައެވެ. މީގެ އިތުރުން އެޑޯބީ އެކްސްޕްރެސްގެ 2 މަހުގެ ޕްރީމިއަމް އޮފާ އަކާއި ފުރަތަމަ ޕްރީ އޯޑާ ކުރާ ފުރަތަމަ 24 ކަސްޓަމަރުންނަށް 1000 ރުފިޔާގެ މޫލީ ވައުޗާއެއް ވެސްވަނީ ދީފައެވެ.

އުރީދޫ މޯލްޑިވްސް އަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ އަދި ޑިވައިސްތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ. އަދި ރޯދަމަހާއި ދިމާކޮށް ކޮންމެ އަހަރަކުވެސް އުރީދޫއިން ދަނީ ހާއްސަ ޕްރޮމޯޝަންތަކާއި ޑިސްކައުންޓުތައް ކަސްޓަމަރުންނަށް ދެމުންނެވެ