ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ދަރުމެންދުރަ އާއި ހެމާ މާލިނީގެ ދޮށީ އަންހެން ދަރިފުޅު ބަތަލާ އިޝާ ޑިއޯލްގެ ވަރިވެއްޖެކަން ހާމަކޮށްފިއެވެ.
ބަތަލާ އީޝާ އާއި އޭނާ ކުރީގެ ފިރިމީހާ ބާރަތު ތަހްތާނީ އެއްކޮށް ނެރުނު ޖޮއިންޓް ސްޓޭޓްމަންޓުގައި ބުނީ ދެމީހުންވެސް ވަކިވާން ނިންމީ ދެމީހުން އަމިއްލަ އަށް ބޭނުންވެގެން އެކަމާ މެދު މަޝްވަރާކޮށް ވާހަކަދެއްކުމަށްފަހު ކަމަށެވެ. އަދި ދެމީހުން ވަކިވުން އެއީ މި ދަނޑިވަޅަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށާއި މިވަގުތު ދެމީހުންނަށްވެސް ޕްރައިވެސީ ބޭނުންވާ ކަމަށެވެ. ބަތަލާ ބުނީ ދެމީހުންގެ ޕްރައިވަސީ އަށް ވެސް އިހުތިރާމްކުރަންޖެހޭނެ ކަމަށާއި ދެމީހުން އެއްކޮށް ނިންމި ނިންމުމަށްވެސް އާންމުން އިހްތިރާމްކުރަންޖެހޭނެ ކަމަށެވެ.
މަޝްހޫރު އެކްޓަރުން ކަމަށްވާ ސަނީ އާއި ބޮބީ ޑިއޯލްގެ އެއްބަފާ ކޮއްކޮ އީޝާ އާއި ބާރަތު ތަހްތާނީ ކައިވެނިކުރީ 2012 ވަނަ އަހަރުތެރޭގައެވެ. ދެމީހުންގެ ކައިވެނި ރޫޅުނުއިރު އެކައިވެންޏަށް ދެ އަންހެން ކުދިން ވަނީ ލިބިފައެވެ. އީޝާ ބުނީ ދެމީހުން ވަކިވި ނަމަވެސް ދެކުދިންގެ ކަންކަން ކުރާނީ ދެމީހުން ގުޅިގެން ކަމަށެވެ.
ފިލްމު "ނަ ތުމް ޖާނޯ ނަ ހަމް"، "ކިޔާ ދިލް ނެ ކަހާ" އަދި "ދޫމް" ފަދަ ފިލްމުތަކުން ވިދާލި ބަތަލާ އީޝާ، ފިލްމީ ދާއިރާގައި މާބޮޑު ކާމިޔާބީއެއް ލިބޭގޮތެއް ނުވިއެވެ. އޭނާގެ ފާހަގަކޮށްލެވޭ ފިލްމަކީ "ދޫމް" އެވެ. ބަތަލާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރު އެމެޒޯން ޕްރައިމްގައި ރިލީޒްކުރި ވެބް ސީރީޒް އަކުންނެވެ.