އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މެރިޓައިމް ސަވައިވަލް ސެންޓަރު އިމާރާތް ކުރުމުގެ މަޝްރޫގެ މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ 6.5 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިމިފައި ވާކަމަށެވެ.

އަދި މި ކަމުގެ ސަބަބުން ކަނޑުމަތީގެ ރައްކާތެރިކަމާއި ސަލާމަތަށް ބޭނުންވާ ގިނަ ޕްރޮފިޝަންސީ ކޯސްތަކެއް ހިންގުމުގައި ފަސޭހަވެގެން ދާނެ ކަމަށާއި ފެންވަރު ރަނގަޅު ތަމްރީނެއް ދެވިގެންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި މަޝްރޫގެ ދަށުން ކުރެވިފައިވާ ބައެއް މަސައްކަތްތަކަކީ:

  • 1200 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ލޭންޑް ފިލް ކުރުމުގެ މަސައްކަތް
  • 62.25 މީޓަރުގެ ޝީޓް ޕައިލް އެއްގަމު ތޮއްޓެއް ލުން
  • 4.2 މީޓަރުގެ ރޭމްޕެއް ހެދުން
  • ހާބަ ޕޭވްމެންޓް ހެދުން
  • މޫރިންގ ބޮލާޑްސް ހަރުކުރުން
  • ބަނދަރު ބައްތި ހަރުކުރުން
  • ލައިފް ބޯޓާއިއެކު ޑެވިޓް ސިސްޓަމެއް ހަރުކުރުން

އެމްޓީސީ އުފެދިފައިވަނީ 1980 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން މި ކުންފުންޏަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އުމްރާނީ ތަރައްގީ އާއި ވަސީލަތްތައް ފޯރުކޮށްދިނުމުގައި މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުން ދާ ބައެކެވެ.