އެކަނިވެރި މައިންނަށް ދޭ އެލަވެންސް ބޮޑުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށާ، އެ އެލަވަންސް އަންނަ އަހަރު ބޮޑުކޮށް ދެއްވާނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާންމުންނަށް، ސީދާ ރައީސް އާއި ސުވާލުކުރެވޭ ގޮތަށް ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމްގައި، އެކަނިވެރި މައިންގެ އިނާޔަތާ އަދި ޔަތީމު ކުދީންނަށް އަޅައިލުމުގައި ސަރުކާރުގެ ސިޔާސަތު އޮތް ގޮތާއި މެދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ފަދައިން، އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރައްވާނެ ކަމަށެެވެ. އެހެންނަމަވެސް ރާއްޖޭގެ އިގްތިސާދީ ކަންކަން ހަމައެކަން އެޅުވުމަށް މަސައްކަތްކުރަމުން އަންނަ ދުވަސްވަރަށްވުމާއެކު، މިއަހަރުގެ ބަޖެޓްގައި އެކަން ހިމަނާފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ. އިތުރަށް ރައީސް ވިދާޅުވީ އެލަވަންސް ބޮޑުކުރުމަށް 2025 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދަވާނެކަމަށާއި އެ އަހަރު އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކޮށް ދެއްވާނެކަމަށެވެ.
މީގެ އިތުރުން ޑރ.މުއިއްޒު ވިދާޅުވީ ޔަތީމު ކުދިންނަށްޓަކައި މިހާރުވެސް އެކިކަހަލަ މަސައްކަތްތައް ކުރެވެމުންދާ ކަން ފާހަަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ކުދިންގެ އިތުރުން މުޖްތަމައުގައި އަޅާނުލެވި ދޫކޮށްލެވިފައިވާ މީހުންނާ މެދު މީގެކުރިން އަމަލުކޮށްފައި ނުވާހާ ރަނގަޅަށް ކަންތައްތައް ކުރުމަށް މަސައްކަތްކުރަމުން ދާކަމަށެވެ.
އެކަނިވެރި މައިންނާ ބަފައިންނަށް އަދި ކުދިން ބަލަހައްޓަން ސަރުކާރުން މިހާރު ދޭ އެލަވަންސްއަކީ އެކަށީގެންވާވަރަށް ދެވޭ އެލަވެންސެއް ނޫން ކަމަށް މީގެ ކުރިންވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ރިޔާސީ ކެމްޕެއިނުގައި އެމަނިކުފާނުގެ ވިދާޅުވީ ކޮންމެ ކުއްޖަކަށް ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރައްވާނެކަމަށެވެ. އަދި 3،000 ރުފިޔާގެ އެލަވަންސް ލިބޭނީ ހަތަރު ކުދިންނާ ހަމައަށް ކަމަށާއި، އެގޮތުން ޖުމްލަ 12،000 ރުފިޔާއާއި ހަމަޔަށް އެލެވެންސް ދެވޭނެ ކަމަށެވެ.
ހުރިހައިއެކަނިވެރިމައިންނަކީއެކަނިވެރިމައިންނެއްނޫން4 ނުވަތަ5 ކުދިންލިބުނީމައިގަދަކަމުންވަރިވެގެންއަންނަނީމާލެބޮޑެތިކުދިންވަޒީފާގައިފިރިމީހާފެލާލައިކޯޓުންފައިސާއަތުލާއަދިއެކަނިވެރިމީހާބިޓުހިއްލައިމިކަހަލަމީހުނަށްއެކަނިވެރިމައިންނެއްނުކިޔޭނެމިފަދަމަކަރުވެރިމީހުންގެމިންގަނޑުސަރުކާރުންބަލަންއެބަޖެހޭ
ގިނައެކަނިވެރިމައިންނަކީއަމިއްލައަށްއެކަނިވެރިވެގެންއުޅޭއެކަނިވެރިމައިންމުސްކުޅިންނަށްދޭފައިސާ7000ހަތްހާހަށްބޮޑުކުރަންބުނެއެކަމެއްނުވިއެއްމެމުހިއްމީމުސްކުޅިންގެޢިނާޔަތްފުރިހަމަކުރުންމާލެގޮސްޑޮކުޓަރައްދައްކައިކޮޓަރިއެއްހިފައިޓެސްޓުތައްހަފައި2 ނުވަތަ3ދުވަސްވެފައިރަށައްއަންނައިރު5000ރުފިޔާއޮންނަނީހުސްވެފައި