އަތުގެ އޮޕަރޭޝަނަކަށް އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ސައިފް އަލީ ޚާން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދިނުމަށްފަހު ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސައިފް އަލީ ހާން ގެއަށް ދޫކޮށްލައިފިއެވެ.

މުމްބާއީގެ ކޮކީލާބެން ހޮސްޕިޓަލްގައި އަތުގެ އެ އޮޕަރޭޝަން ކުރުމަށްފަހު އިއްޔެ ސައިފް ގެއަށް ދޫކޮށްލިއެވެ. ސައިފްގެ އަތަށް ލިބުނު އަނިޔާއަކީ އޭނާ އެންމެ ފަހުން ޝޫޓިން ނިންމާލި ވަރުގަދަ އެކްޝަން ފިލްމުގެ ޝޫޓިންގެ ތެރެއިން އަތަށް ލިބުނު އަނިޔާއެކެވެ. ސައިފް ބުނީ މި ސާޖަރީ އަކީ ކޮންމެހެންވެސް ކުރަންޖެހޭ ސާޖަރީ އެއް ކަމަށާއި ކަންބޮޑުވާންވީ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި މި ސާޖަރީ ކުރުމަށް އެންމެ ތަޖުރިބާކާރު ޓީމެއް ލިބުމަކީ އުފާކުރާ ކަމެއް ކަމަށްވެސް ސައިފް ވަނީ ބުނެފައެވެ. އެކްޓަރު ބުނީ އޭނާ އަށް ހެޔޮދުއާ ކޮށްދިން ހުރިހާ ފޭނުންނަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ.

ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ކަރީނާ ކަޕޫރު އާއި ކައިވެނިކޮށްގެން އުޅޭ ސައިފް އެންމެ ފަހުން ފެނިގެންދިޔައީ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "އަދިޕުރުޝް" އިންނެވެ. އެކްޓަރު ދެން އެންމެ އަވަހަށް ފެނިގެންދާނީ "ދެވާރާ" އިންނެވެ. ކުރިން އަމްރިތާ ސިންހް އާއި ކައިވެނިކޮށް ސާރާ އަލީ ހާން އާއި އިބްރާހިމް އަލީ ހާން ސައިފްގެހުރެއެވެ. ފަހުން ކަރީނާ އާ ކައިވެނިކޮށްގެން ތައިމޫރު އަލީ ހާން އާއި ޖޭ އަލީ ހާން ސައިފަށް ލިބުނެވެ. ސާރާ އަކީ މިހާރު ބޮލީވުޑްގައި ފިޔަޖަމުން އަންނަ ތަރިއެކެވެ. އަދި އިބްރާހިމް ތައްޔާރުވަމުން އަންނީ އޭނާގެ ފުރަތަމަ ޑެބިއު ފިލްމަށެވެ.