މިހާރު މާލޭގައި ހިންގަމުންދާ މަސް މާރުކޭޓް ތަޅާލުމަށްފަހު، މިހާރު ލޯކަލް މާރުކޭޓް ހިންގާ ތަނުގައި 4 ބުރީގެ ޒަމާނީ މާރުކޭޓެއް އެޅުމުގެ އަމަލީ މަސައްކަތް ރޯދަ މަސް ނިމޭތަނުން ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ މާލޭ މޭޔަރު އާއި ސިޓީ ކައުންސިލްގެ މެންބަރުން ހުވާ ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު ކުރަންއުޅެ، ނުކުރެވުނު ކަންތައްތަކުގެ ތެރޭގައި ހިމެނޭ މަސައްކަތްތަކުގެ ތެރޭގައި މަސް މާރުކޭޓް އެޅުން ހިމެނޭ ކަމަށެވެ. އަދި އެ މަސައްކަތަށް ފުރުސަތު ނުދިން ކަމަށާއި އެ ފުރުސަތު ނުލިބުމުން ނަމަވެސް އެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރޯދަމަސް ހަމަ ނިމޭތަނުން ލޯކަލް މާރުކޭޓް ހުރި ތަނުގައި އަމަލީގޮތުން އެ އިމާރާތް އަޅަން ފެށޭނެ ކަމަށާއި މިކަމަށް ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ޔަގީން ކުރާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެ އިމާރާތުގެ ބިމު އަޑީގައި ޕާކިންއަށް ހާއްސަކުރާއިރު އެ ތަނަށްދާ ކަސްޓަމަރުން އަދި މުވައްޒަފުންގެ ޕާކު ކުރެވޭނެ ކަމަށާއި ގްރައުންޑް ލެވެލްގައި އެންމެ ޒަމާނީ މަސް މާރުކޭޓް އެޅިގެންދާނެ ކަމަށެވެ. އަދި ފުރަތަމަ އަދި ދެވަނަ ބުރީގައި އެކިކަހަލަ ކާބޯތަކެތި ލިބެން ހުންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ލޯކަލް މާރުކޭޓް އަދި ދަތުރުވެރިންގެ މާރުކޭޓުގައި އެ ވިއްކާ ބާވަތްތަކުގެ ތަކެތި ވިއްކާގޮތަށް އެތަނުގައި ހުންނާނެ ކަމަށާއި އަދި އެންމެ މަތި އެކިކަހަލަ ވިޔަފާރިތަކަށް ހާއްސަކުރެވޭނެ ކަމަށެވެ.
އެ މަޝްރޫއަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށްވާއިރު އެމަނިކުފާނު ވަނީ ކެމްޕެއިންގެ ތެރޭގައި އެ ސަރަހައްދަށް ޒިޔާރަތްކުރައްވާ ދެއްކެވި ވާހަކަފުޅޫގައި އެ ވައުދުވެވަޑައިގަންނަވާފައެވެ.
އެއްމެ ހަތަރުބުރި އެކަމަކު ޕައުންޑޭޝަން 25 ބުރިއައް އަޅުއްވާލަދެއްވައްޗޭ މުސްތަގުބަލުގާ އިތުރަށް ނުތަޅާ މައްޗައް ނެގޭގޮތައް ހުސްމަހެއްނޫން ތިތަނަށް ވަންނާނީ ތިތަންބޮޑު ކުންފުންޏަކަށް ހެދޭގޮތަށް ވިސްނާ ތިތަނުން މަސް ގަޑުކޮށްނަގާ ފިނިކުރިމަސް ރައްކާކުރެވޭ ގޮތަށް ސްޓޯރޭޖް ހަދާ ރިސޯޓްސަޕްލާއީއަށް ފުޅާކުރަންވާނެ އަދި ރަށްރަށުން މަސްހިފާއިގެން އަންނަ މީހުންނަށް މަސްވިއްކަންތިބެވޭކަހަލަ ކޮލެޓީ ރަނގަޅު އައިސް ލިބޭތަނަކަށް ވާންވާބެ