މަޝްހޫރު ސްޕެނިޝް ތަރި މަނޫ ރިއޯސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
އުމުރުން 25 އަހަރުގެ އެކްޓަރު/މޮޑެލް މަނޫ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ދަނީ ކޮން ރިސޯޓެއްގައި ކަމެއް ނޭނގެއެވެ. ނަމަވެސް ރާއްޖެ އައިސް އޭނާ އިންސްޓަގްރާމަށް ކުރި ޕޯސްޓަށް ގިނަ ދިވެހިންގެ ސަމާލުކަން ލިބުނެވެ. ސައިމާ ގަހެއް ކައިރީގައި މަޑުކޮށްލައިގެން ހުރެ މަނޫ ނަގާފައިވާ ދެ ފޮޓޯއެއް އިންސްޓަގްރާމްގައި ޕޯސްޓުކުރުމުން އެ ދެ ފޮޓޯ ދިވެހިގެންގެ މެދުގައި ވަރިރަލްވިއެވެ. ވައިގައި ހިފިއެވެ. އެންމެންގެ ލޯތައް އަމާޒުވެގެން ދިޔައީ ފޮޓޯގެ ކެޕްޝަނަށެވެ. ސްޕެނިޝް ތަރިއަކު ރާއްޖެ އައިސް ފޮޓޯ ނެގުމަށްފަހު ސޯޝަލް މީޑިއާއަށް ދޫކޮށްލި ފޮޓޯގެ ކެޕްޝަން ދިވެހި ބަހުން ޖަހާފައި ވުންވެގެންދިޔައީ ވަރަށް އާ ކަމަކަށެވެ. އެ ފޮޓޯގެ ކެޕްޝަންގައި ޖަހާފައިވަނީ "ފޮޅުން" އެވެ. މާނައަކީ "ބްލޫމް" އެވެ. ކޮމެންޓް ސެކްޝަންގައި ގިނަ މީހުން ވަނީ ކެޕްޝަންގައި މަނޫ ޖަހާފައިވާ ބަހުގެ މާނައަކީ ކޮބައިތޯ އަހާފައެވެ.
މަނޫ އަކީ ނެޓްފްލިކްސްގެ މަޝްހޫރު ހައިސްކޫލް ސީރީޒް "އެލީޓް" ވެސް ލީޑު ރޯލުން ވެސް ފެނިގެންދިޔަ ތަރިއެކެވެ. އެލީޓްގެ އަށް ވަނަ ސީޒަންގައި ޝޯގެ އޮރިޖިނަލް ބައެއް ކާސްޓުން ހިމަނާނެކަން ޝޯގެ ކްރިއޭޓަރުން މީގެ ކުރިން އިޝާރާތްކޮށްފައިވާއިރު ބެލެވޭ ގޮތުގައި ޝޯގެ އޮރިޖިނަލް ކާސްޓުން ފަހު ސީޒަނަށް އައުމަކީ އެލީޓް މުޅި ސީރީޒަށްވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މި ސީޒަންގައި މަނޫވެސް ހިމެނޭނެއެވެ. މި ޝޯގެ އަށްވަނަ ސީޒަންގެ މަސައްކަތް މިހާރުވެސް ފަށައިގެން ކުރިއަށްދާއިރު ޝޯގެ ފަހު ބައި ބެލުންތެރިންނާ ހަމައަށް އަންނަ އަހަރު އަންނާނެކަމަށް ބެލެވެއެވެ. އެލީޓް އަކީ 2018 ވަނަ އަަހަރުން ފެށިގެން ނެޓްފްލިކްސް އިން ގެނެސްދެމުން އަންނަ ޝޯއެކެވެ.