އީރާނުގެ ކެރްމާން ސިޓީގައި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ)ގެ ކުރީގެ ޖެނެރަލް ގާސިމް ސުލައިމާނީގެ މަރަށް ހަތަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި އޭނާގެ ގަބުރުސްތާނު ކައިރީގައި 2 ބޮން ގޮއްވާލައި 103 މީހަކު މަރާލާފައިފިއެވެ. މިޙާދިސާގައި ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެފައި ވެސް ވެއެވެ.
އީރާނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މީގެ 4 އަހަރު ކުރިން އެމެރިކާއިން ޑްރޯން ހަމަލާއެއް ދީ މަރާލި ސުލައިމާނީ ވަޅުލި ތަނުގެ ކައިރީގައި ބުދަ ދުވަހުގެ މެންދުރު ފަހު ދެ ބޮން ގޮއްވާލީ ވަކި ވަކިންނެވެ. މި ހަމަލާއަކީ "ޓެރަރިސްޓް ހަމަލާއެއް" ކަމަށް އޮފިޝަލުން ބުނެފައި ވާ އިރު ދެ ބޮން ފޮރުވާފައި އޮތީ 2 ގޯނީގައި ކަމަށްވެސް ބުނެފައި ވެއެވެ.
ވީޑިއޯތަކުން ފެންނަ ގޮތުގައި އެމްބިއުލާންސްތައް އެ ސަރަހައްދަށް ގޮސް ޒަހަމްވި މީހުން ސްޓްރެޗާތަކުގައި ގެންދެއެވެ.
އީރާނުގެ ނޭޝަނަލް މެޑިކަލް އިމަޖެންސީ އޯގަނައިޒޭޝަންގެ ވެރިޔާ ޖަފަރު މިއާދުފަރު ތަސްނީމަށް ވިދާޅުވީ ބޮމުގެ ހަމަލާތަކާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި ވެސް 53 މީހުން މަރުވެ 71 މީހުން ޒަހަމްވެފައިވާ ކަމަށެވެ.
"އަހަރެމެންގެ ރެޕިޑް ރެސްޕޮންސް ޓީމުތަކުން ދަނީ ޒަހަމްވި މީހުން ނެރެމުން. އެކަމަކު މަގުތަކުގައި މީހުން އެއްވުމުގެ ސަބަބުން ދަތިތަކާ ވަނީ ކުރިމަތިވެފައި." ކެރްމަން ޕްރޮވިންސް ރެޑް ކްރެސެންޓްގެ ވެރިޔާ ރިޒާ ފަލާހް ދައުލަތުގެ ޓީވީއަށް ވިދާޅުވިއެވެ.
ބޮން ގޮއްވަން މެދުވެރިވި ސަބަބު އަދި ކަށަވަރުވެފައި ނުވި ނަމަވެސް އޮފިޝަލުން ބުނަނީ އެއީ ޓެރަރިޒަމްގެ ހަމަލާއެއް ކަމަށެވެ.
ކެރްމަންގެ ސެކިއުރިޓީ ޗީފް ރަހްމާން ޖަލާލީ ވަނީ ބޮމުގެ ހަމަލާތައް ދީފައި ވަނީ ޓެރަރިސްޓް ހަމަލާތަކެއްގެ ސަބަބުން ކަމަށް ދައުލަތުގެ މީޑިއާއަށް ކަށަވަރު ކޮށްދެއްވާފައެވެ.
އައިއާރްޖީސީގެ ގުދުސް ފޯސްގެ ކޮމާންޑަރު އަދި އީރާނުގެ ސަރަހައްދީ ނުފޫޒު އެންމެ ބޮޑަށް އުފައްދަވާފައިވާ ސުލައިމާނީއަށް ޖެނުއަރީ 3، 2020 ގައި ބަގުދާދުގައި ހަމަލާދިންތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި ސުލައިމާނީ އަށް ވަނީ ހަމަލާދީފައެވެ. ސުލައިމާނީ މަރާލުމަށް އޭރުގެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ކުރެއްވީ އިރާގުގެ ވެރިރަށުގައި ތިބި އެމެރިކާގެ ސިފައިންނަށް ހަމަލާއެއް ދޭން ރާވަމުން ގެންދަވާ ކަމަށް ވިދާޅުވެއެވެ.
ހަމާސްގެ ޑެޕިއުޓީ ލީޑަރު ސާލިހް އަލް އަރޫރީ ބެއިރޫތުގައި ދިން ޑްރޯން ހަމަލާއެއްގައި މަރުވިތާ އެއް ދުވަސް ފަހުން ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިޒްރޭލަށް އެ ހަމަލާގެ ތުހުމަތުކޮށްފައެވެ. އީރާނުން ވަނީ މި މަރާ ގުޅިގެން ދެކޮޅުވެރިކަމުގެ ނާރުތައް އަނެއްކާވެސް އުފެދި، ޒަޔަނިސްޓުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ހިތްވަރު ލިބިދާނެކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ.
މިދިޔަ މަހު ސީރިއާގެ ވެރިރަށް ދިމިޝްގުގެ ބޭރުގައި އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި އައިއާރްޖީސީގެ ސީނިއާ އެޑްވައިޒަރެއް ކަމަށްވާ ސައްޔިދު ރާޒީ މޫސާވީ ވަނީ މަރާލާފައެވެ.