ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ހިމެނިވަޑައިގަންނަވާހެން 20 ވަނަ ރައްޔިތުން މަޖިލީހުގެ އެމްޑީޕީގެ ޓިކެޓް 36 މީހަކަށް ކަށަވަރުވެއްޖެއެވެ.

މި އަހަރު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު އެ ޕާޓީއިން ހުޅުވާލީ މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ މުއްދަތު ހަމަވިއިރު 36 ދާއިރާ ފިޔަވާ އެހެން ދާއިރާތަކުން އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ވަނީ ހުށަހަޅާފައެވެ. އަދި އެ 36 ދާއިރާގެ ތެރޭގައި ހިމެނެނީ މިހާރުވެސް ރައްޔިތުން މަޖިލީހުގައި އެ ދާއިރާތައް ތަމްސީލްކުރަމުންދާ މެންބަރުންކަން ފާހަގަކުރެވެއެވެ.

އެމްޑީޕީގެ ޓިކެޓު ކަށަވަރުވި ބޭފުޅުންނާއި ދާއިރާތައް:

  1. އަހުމަދު ސަލީމް - ހޯރަފުށި ދާއިރާ
  2. މުހައްމަދު އާރިފް - އިހަވަންދޫ ދާއިރާ
  3. ހުސައިން ޒިޔާދު - ވައިކަރަދޫ ދާިރާ
  4. މުހައްމަދު ރާއީ - މަކުނުދޫ ދާއިރާ
  5. އަލީ ރިޒާ - މިލަންދޫ ދާއިރާ
  6. މުހައްމަދު ޝާހިދު - ފުނަދޫ ދާއިރާ
  7. އަހުމަދު ފާތިހު - ހޮޅުދޫ ދާއިރާ
  8. އިސްމާއިލް އަހުމަދު - ދުވާފަރު ފާއިރާ
  9. މުހައްމަދު ޝަފީގް - ތުޅާދޫ ދާއިރާ
  10. ޖީހާން މަހްމޫދު - ހިންނަވަރު ދާއިރާ
  11. މުހައްމަދު ލުތުފީ - މާފުށި ދާއިރާ
  12. އިބްރާހިމް އަމީރު - ތުލުސްދޫ ދާއިރާ
  13. އަލީ އަމީޒް - މާމިގިލި ދާއިރާ
  14. އިކްރާމް ހަސަން - ދިއްގަރު ދާއިރާ
  15. އިޔާސް އިސްމާއީލް ލަތީފް - މީދޫ ދާއިރާ
  16. ހަސަން ޝިނާން - ގުރައިދޫ ދާއިރާ
  17. ހުސައިން އަބޫބަކުރު - ފޮނަދޫ ދާއިރާ
  18. ޔައުގޫބު އަބްދުﷲ - ދާންދޫ ދާއިރާ
  19. އަހުމަދު ސައީދު - ގެނަމަފުށި ދާއިރާ
  20. ސައްޔާހް ހަލީލް - ކޮލަމާފުށި ދާއިރާ
  21. އަހުމަދު ގައިސް - ތިނަދޫ އުތުރު ދާއިރާ
  22. އަހުމަދު ޒައީމް - ފަރެސްމާތޮޑާ ދާއިރާ
  23. އަހުމަދު ސައީދު މުހައްމަދު - ގައްދޫ ދާއިރާ
  24. ހުސައިން މުހައްމަދުދީދީ - ފުވައްމުލަކު މެދު ދާއިރާ
  25. މުހައްމަދު އަސްލަމް - ހިތަދޫ ދާއިރާ
  26. އިބްރާހިމް ނާޒިލް - ހިތަދޫ ދެކުނު ދާއިރާ
  27. އިބްރާހިމް އަލީ ޖަލީލް - މެދު ހެންވޭރު ދާއިރާ
  28. ހުސައިން ޝަމީމް - ހެންވޭރު ދެކުނު ދާއިރާ
  29. މުހައްމަދު އިބްރާހިމް - ގަލޮޅު އުތުރު ދާއިރާ
  30. މީކާއީލް އަހްމަދު ނަސީމް - ގަލޮޅު ދެކުނު ދާއިރާ
  31. ސިރުއާމް ވަހީދު - މައްޗަންގޯޅި އުތުރު ދާއިރާ
  32. އަބްދުﷲ ސިނާން - މައްޗަންގޯޅި ދެކުނު ދާއިރާ
  33. މުހައްމަދު ފަލާހް - މާފަންނު ހުޅަނގު ދާއިރާ
  34. އަހްމަދު އާމިރު - މާފަންނު މެދު ދާއިރާ
  35. ހަސަން އިއާދު ސަލީމް - މާފަންނު ދެކުނު ދާއިރާ
  36. އަކްރަމް ކަމާލުއްދީން - މައްޗަންގޯޅި މެދު ދާއިރާ

އެމްޑީޕީއިން ބުނީ އެއް ކެންޑިޑޭޓަަކަށްވުރެން ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތައް ގައުމީ މަޖިލީހުން ނިންމުމާއި އެއްގޮތަށް އެކަށައެޅިފައިވާ ވިލަރެސް ކޮމެޓީއިން ނިންމަވާގޮތެއް ފަހުގެ ތާރީހެއްގައި އިއުލާނުކުރާނެ ކަމަށެވެ.

މީގެ ކުރިން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވީ ޕްރައިމަރީއެއް ބާއްވަން ޖެހޭ ތަންތަނުގައި ޕްރައިމަރީއެއް ބޭއްވުމަށް ގަސްތުކޮށްފައި ވަނީ މި މަހުގެ 26 އަދި 27 ވަނަ ދުވަހަށް ބަހާލައިގެން ކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ އެއް ދުވަހާ ޕްރައިމަރީ ހިންގުމުގައި އިދާރީ ގޮތުން އެންމެ ފަސޭހަ ނުވެދާނެތީ ކަމަށް ވަހީދު ވިދާޅުވިއެވެ.