އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަމަޖެހުން ގާއިމުކޮށް ގުޅުން ބަދަހި ކުރަން މަސައްކަތް ކުރާނެ ކަމަށް ޕާކިސްތާންގައި އެންމެ ގިނައިން ޓެރަރިސްޓް ހަމަލާތައް ދޭ ހައިބާރު ޕަހުތުންހުވާގެ ބާނާ ޑިސްޓްރިކްޓަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓް ޑރ. ސަވީރާ ބުނެފިއެވެ.

ހިންދޫ ދަރިކޮޅަށް ނިސްބަތްވާ ސަވީރާ ޕަރްކާޝް އަކީ, ހިންދީ ދަރިކޮޅަށް ނިސްބަތްވާ އަދި ބާނާ ޑިސްޓްރިކްޓްގެ ފަރާތުން ގާނޫނު ހަދާ މަޖިލީހަށް ކުރިމަތިލާ ފުރަތަމަ ކެންޑިޑޭޓްވެސް މެއެވެ.

އޭނާ ބުނީ, ޒަމާނުންސުރެ ހިނގަމުން އަންނަ ނުތަނަވަސްކަމެއް އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮތް އިރު އެ މައްސަލަ ހައްލު ކުރާނެ މީހަކީ އޭނާ ކަމަށާއި ގާނޫނު ހަދާ މަޖިލީހަށް ހޮވިއްޖެ ނަމަ ސިޔާސީ ގޮތުން އެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

ޕާކިސްތާންގެ ޕީޕަލސް ޕާޓީގެ ފަރާތުން ކުރިމަތިލާފައި ވާ ސަވީރާ އަކީ އަދި 25 އަހަރުގެ ޒުވާނެކެވެ.

"ބާނާ ގެ އަންހެން ދަރި" ގެ ނަމުން މަޝްހޫރުވެފައިވާ ސަވީރާ ބުނީ, އޭނާ އަށް އެ ޑިސްޓްރިކްޓްގެ މުސްލިމުންގެ ތާއީދުވެސް އެބައޮތް ކަމަށާއި އިންތިހާބު ކާމިޔާބުވާނެ ކަން ޔަގީން ކުރެވޭ ކަމަށެވެ.

އިތުރަށް އޭނާ ބުނީ, އޭނާ އަކީ ވަތަނީ ހިންދޫ އެއް ކަމަށާއި ސިޔާސީ ގޮތުން އޭނާ ކުރާނެ މަސައްކަތަކީ މައްސަލައަށް ހައްލު ހޯދުމަށް ކުރާނެ މަސައްކަތެއް ކަމަށެވެ. އަދި ޕާކިސްތާންގެ އެތަން މިތާނގައި އުޅޭ ހިންދޫންނަށް އެއްވެސް ޖެހިލުމަކައި ނުލައި އޭނާ އާ ގުޅާ އެކި ކަންކަމުގައި މަޝްވަރާއާއި އެހީތެރިކަން ފޯރުކޮށް ދެވޭނެ ކަމަށާއި އެކަމަށް ފަސްނުޖެހުމަށް ގޮވާލާފައި ވެއެވެ.

އަންނަ ފެބްރުއަރީ 8 އަށް އިންތިހާބު ތާވަލް ކޮށްފައި ވާ އިރު އޭނާ ނިސްބަތްވާ ހައިބާރު ޕަހުތުންހުވާ އަކީ, ގާތްގަތުގައި ޓެރަރިސްޓް ހަމަލާތައް އުފައްދާ ޕާކިސްތާންގެ ފުލުހުންނަށް ހަމަލާތައް އަމާޒުކުރާ ޝަހަރެކެވެ. އެތަނުގައި ފުލުހުންގެ ގިނަ މަރުކަޒުތަކެއް ހުންނަ އިރު އެ މަރުކަރުތަކަށް އަމާޒު ކޮށާއި އަދި އެކިއެކި އިސްލާމީ ޖަމާއަތްތަކަށް އަމާޒުކޮށްގެންވެސް ޓެރަރިސްޓް ހަމަލާތައް ދެމުން ގެންދެއެވެ. މީގެ އިތުރުން ޕޮލިސް ޕޯސްޓްތަކަށް ހަތިޔާރާއެކު ވަދެ އެތަންތަން ހިސޯރު ކުރުން ފަދަ ކިތަންމެ ހާދިސާއެއް އެ ސަރަހައްދުގައި ހިންގާފައި ވެއެވެ.

އިންޑިއާ އާއި ޕާކިސްތާނަކީ ސިޔާސީ ގޮތުންނާއި, އަސްކަރީ ވާދަ ވެރިކަމުގައި ދެ ހަތުރުން ކަމަށް ވާއިރު އެކަންކަން ގުޅިފައި އޮންނަނީ, އިންޑިއާ އާއި ޕާކިސްތާން އިން އެބައެއްގެ އަމިއްލަތަނެއް ކަމަށް ދައުވާ ކުރާ ކަޝްމީރުގެ މައްސަލައާއެވެ. ކަޝްމީރު ދެބަޔަކަށް ބައިކޮށްފައި ވާ އިރު ދެގައުމު ގުޅޭ އިމުގައި މިހާރުވެސް ހަމަނުޖެހުން ހިނގަމުން ދެއެވެ.