މަސްތުވާތަކެއްޗާ ދެކޮޅަށް އުފައްދާފަައިވާ ޓާސްކްފޯހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގައި، ފާއިތުވި 2 ހަފްތާތެރޭ 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާ އަދި ބަނގުރާ އަތުލައިގަނެފިއެވެ.

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އޮޕަރޭޝަނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އެކުލަވައިލާފައިވާ ޓާސްކްފޯހުން ކުރިއަށް ގެންދިޔަ މަސައްކަތްތުން އަތުލައިގަނެފައިވާ ތަކެތިކަމަށެވެ.

މި ގޮތުުން ފުލުހުންނާއި، ކަސްޓަމްސްއާއި، އިމިގްރޭޝަންގެ އިތުރުން ކަރެކްޝަން ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތުގެ ތެރެއިން ފާއިތުވި ދެ ހަފުތާ ތެރޭގައި 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް އަލީ އިހުސާން ވިދާޅުވިއެވެ. އަދި މި މަސައްކަތުގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 53 ބިދޭސީން އަތުލައިގެންފައިވާ ކަމަށްވެސް އަލީ އިހުސާން ވިދާޅުވިއެވެ.

މި އޮޕަރޭޝަންތަކުގައި އަތުލައިގަތް މަސްތުވާތަކެއްޗާ ގުޅޭ އެއްވެސް ތަފުސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.