ދުވަހެއް ދުވަހަކަށް ބަލިހާލަތު ރަނގަޅު ވަމުން އަންނަ ކަމަށް ފިލްމީ ތަރި ޖާދުﷲ އިސްމާއީލް (ޖާދު) ބުނެފިއެވެ.
ނެށުންތެރިއެއްގެ އިތުރުން ހެދުން ފަހާ، ޖާދު ސްރީލަންކާގައި އެކްސިޑެންޓުވެ، ސީރިއަސް އަނިޔާތަކެއް ލިބިގެން ހޮސްޕިޓަލުގައި ފަރުވާދޭން ފެށީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެ އެކްސިޑެންޓުގައި ޖާދުގެ އަތަށާއި ދެ ކޮނޑަށާއި ފަޔަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އެ އަނިޔާތަކަށް ފަރުވާދިނުމަށް ޖާދު ވަނީ އޮޕަރޭޝަނެއްވެސް ކޮށްފައެވެ.
ޖާދުގެ ފޭސްބުކް އެކައުންޓުގައި އޭނާ ކުރި ޕޯސްޓުގައި ބުނީ އޭނާ ނިސްބަތްވާ ފިލްމީދާއިރާގެ ހުރިހާ މެންބަރުންގެ އިތުރުން ދިވެހި ރައްޔިތުން އޭނާ އަށް ގުޅާ ހާލު ބަލަމުން ގެންދިޔުމަކީ ބަލި އެނދުގައި އޮވެ ޑރ އެދެއްވާ ބޭސްގުޅައަކަށްވުރެ ލިބިގެންދިޔަ އިތުރު ހިތްވަރެއް ކަމަށެވެ. އަދި ބަލިހާލަތު ދަނީ ރަނގަޅުވަމުން ކަމަށް ވެސް ޖާދު ވަނީ ބުނެފައެވެ.
"ހިނގާދިޔަ ބޮޑު އެކްސިޑެންޓް އިން އަޅުގަނޑު ސަލާމަތްވެ ހެޔޮ ހާލުގައި ހުންނަން މެދުވެރިކުރެއްވި މަތިވެރި އިލާހަށް ހަމްދުކުރަން،"
ޖާދު އެކްސިޑެންޓްވި ހަބަރާއެކު ފިލްމީދާއިރާ އަށް ނިސްބަތްވާ ގިނަ ފަންނާނުންގެ އިތުރުން އާންމުންގެ ބައެއް މީހުންވަނީ ޖާދު އަށް އަވަޝް ޝިފާއަކަށް އެދި ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައެވެ. ގިނަ އަދެދެއްގެ ވީޑިއޯ ލަވަތައް ވެސް ކުޅެފައިވާ ޖާދު ވަނީ ބައެއް ފިލްމުތަކުން ވެސް ފެނިގެން ގޮއްސައެވެ.