އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރްށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފިއެވެ.

އާއިލާ އާއެކު ނުރަސްމީ ދަތުރުފުޅެއްގައި މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ ހުސްވި އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ އެމަނިކުފާނު މާލެ ވަޑައިގެންފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އެމަނިކުފާނުގެ ދަތުރާ ބެހޭ އިތުރު ތަފްސީލެއް ފިރްޒުލް ހިއްސާ ކުރައްވާފައި ނުވެއެވެ.

މިއީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން ޑރ. މުއިއްޒު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.