ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސްޕެނިޝް ސީރީޒް އެލީޓްގެ ހަތް ވަނަ ސީޒަން އިއްޔެ ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށައިފިއެވެ.
ދިވެހިންގެ ތެރޭގައިވެސް ބޮޑު މަގްބޫލުކަމެއް ލިބިފައިވާ އެލީޓް ގެ ހަތްވަނަ ސީޒަންގައި ވެސް އާ ކެރެކްޓާ ތަކެއް އުޅޭނެއެވެ. މި ޝޯ އަކީ ހައިސްކޫލު ކުދިންތަކެއްގެ ތެރޭގައި ދިމާވާ ކަންތައްތަކަކަށް ބިނާކޮށް ގެނެސްދޭ ސީރީޒެކެވެ. ޖުމްލަ އަށް އެޕިސޯޑު ހިމެނޭ މިފަހަރުގެ ސީޒަންގައި ވެސް ޝައުގުވެރި ގިނަ ކަންތައްތަކެއް ފެނިގެންދާނެއެވެ.
ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ މި ޝޯ އަކީ އަށް ސީޒަނަކަށް ބަހައިލައިގެން ގެނެސްދޭ ޝޯއެކެވެ. މި ޝޯގެ ކޮންމެ ސީޒަނެއްގައި ވެސް އާ ކެރެކްޓަރުންތަކެއް ތައާރަފުކުރެއެވެ. އެގޮތުން ހަވަނަ ސީޒަނުގައި ވަނީ މުޅިން އާ ފަސް ކެރެކްޓަރުން ޝޯއަށް ތައާރަފުކޮށްފައެވެ. އެލީޓްގެ ތިން ވަނަ ސީޒަނަށްފަހު ސީރީޒްގެ މަގްބޫލުކަން ކުޑަވަމުން ދިޔައީ ޝޯގެ އޮރިޖިނަލް ކާސްޓު އެއްކޮށްހެން ސީރީޒް ދޫކޮށް ދިޔުމުންނެވެ. ނަމަވެސް މި ޝޯ ކުރިއަށް ގެންދަން ބޭނުންވާތީ އާ ކެރެކްޓާއިން އިތުުރުކުރުމަށްފަހު ޝޯ ކުރިއަށް ގެންދަން ފެށީއެވެ.
އެލީޓްގެ އަށް ވަނަ ސީޒަންގައި ޝޯގެ އޮރިޖިނަލް ބައެއް ކާސްޓުން ހިމަނާނެކަން ޝޯގެ ކްރިއޭޓަރުން މީގެ ކުރިން އިޝާރާތްކޮށްފައިވާއިރު ބެލެވޭ ގޮތުގައި ޝޯގެ އޮރިޖިނަލް ކާސްޓުން ފަހު ސީޒަނަށް އައުމަކީ އެލީޓް މުޅި ސީރީޒަށްވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ޝޯގެ އަށްވަނަ ސީޒަންގެ މަސައްކަތް މިހާރުވެސް ފަށައިގެން ކުރިއަށްދާއިރު ޝޯގެ ފަހު ބައި ބެލުންތެރިންނާ ހަމައަށް އަންނަ އަހަރު އަންނާނެކަމަށް ބެލެވެއެވެ. އެލީޓް އަކީ 2018 ވަނަ އަަހަރުން ފެށިގެން ނެޓްފްލިކްސް އިން ގެނެސްދެމުން އަންނަ ޝޯއެކެވެ.