މާލެ ސަރަހައްދުގެ އާއްމު ދަތުރުފަތުރުގެ ހިދުމަތުގެ ޓިކެޓިން ނިޒާމް އާރްޓީއެލް ޓްރެވެލް ޕްލެޓްފޯމަށް ބަދަލު ކޮށްފިއެވެ.
އެމްޓީސީސީ އިން ބުނީ އެ ކުންފުނިން ފޯރުކޮށްދެމުން ދާ މާލެ ސަރަހައްދުގެ އާއްމު ފެރީ ދަތުރުފަތުރުގެ ހިދުމަތް ތަރައްގީކޮށް ފަސިންޖަރުންނަށް ފަސޭހަކަމާއިއެކު ޓިކެޓް ނެގޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން މިއަދުން ފެށިގެން މާލެ-ވިލިމާލެ، މާލެ-ތިލަފުށ،ި މާލެ-ގުޅީފަޅު އަދި މާލެ-ހުޅުމާލެ ފެރީ ހިދުމަތުގެ ޓިކެޓިން ނިޒާމް އާރްޓީއެލް ޓްރެވެލް އެޕް އަދި ވެބްސައިޓް ޕްލެޓްފޯމަށް ބަދަލުކުރެވިފައިވާ ކަމަށެވެ.
މި ގޮތުން އާރްޓީއެލް ގްރޭޓާ މާލެ ސަރަހައްދުގެ ފެރީ ހިދުމަތަށް 3 ޒަރީއާއަކުން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
- އާރްޓީއެލް މޯބައިލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ކިޔުއާރް ޓިކެޓް ގަނެގެން
- ގްރޭޓާ މާލޭ ފެރީ ޓާމިނަލްތަކުގެ ޓިކެޓް ކައުންޓަރުތަކުން ކަރުދާސް ކިޔުއާރް ޓިކެޓް ގަނެގެނެގެން
- ބޭންކް އޮފް މޯލްޑިވްސް އަދި އެހެނިހެން ބޭންކުތަކުން ދޫކޮށްފައިވާ ކޮންކްޓެކްޓްލެސް ޑެބިޓް އަދި ކްރެޑިޓް އީއެމްވީކާޑު މާސްޓާ ކާޑު ނުވަތަ ވިސާ ކާޑު ޓާމިނަލްތަކުގައި ހަރުކޮށްފައިވާ ވެލިޑޭޓަރުގައި ޓެޕް ބޭނުންކޮށް ގެން
އާރްޓީއެލް ޓްރެވަލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ޓިކެޓް ގަންނައިރު އެއްފަހަރާ 10 ޓިކެޓާ ހަމައަށް ގަނެވޭނެއެވެ. އަދި އެންމެ ދަތުރަކަށް ނަގާ ކިޔުއާރް ޓިކެޓް (ސިންގަލް ޖާނީ) ބޭނުންކުރެއްވޭނީ 7 ދުވަހުގެ މުއްދަތަށެވެ. މަލްޓިޕަލް ޖާނީޓިކެޓް (ވިލިމާލެ އަދި ތިލަފުއްޓަށް ހާއްސަކޮށް) ޓިކެޓް ގަންނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެއެވެ. އަދ،ި ގްރޭޓާ މާލޭ ސަރަހައްދުގެ ކިޔުއާރް ޓިކެޓް ބޭނުން ކުރެވޭނީ ގަންނަ ރޫޓަށް އެކަންޏެވެ.
މީގެ އިތުރުން އެމްޓީސީސީ އިން ބުނީ މިހާރު ދޫކޮށްފައިވާ ދަތުރު ކާޑުތައް ބޭނުންކޮށްގެން ޑިސެމްބަރު 30، 2023 ގެ ނިޔަލަށް ދަތުރުކުރެވޭނެ ކަމަށެވެ. އެހެންނަމަވެސ،ް ދަތުރު ކާޑު ޓޮޕްއަޕް ކުރުމުގެ ހިދުމަތް ޑިސެމްބަރު 1، 2023 އިން ފެށިގެން ހުއްޓާލާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ޑިސެމްބަރު 31، 2023 ގެ ފަހުން ދަތުރު ކާޑުގައި ބާކީ ފައިސާ ހުރިނަމ،ަ ޖެނުއަރީ 31، 2024 ގެ ކުރިން ރީފަންޑަށް އެދި ހުށަހެޅުމުން ރީފަންޑް ލިބޭނެކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
އިތުރަށް އެކުންފުނިން ބުނީ މިހާރު ދޫކޮށްފައި ހުރި ސީޒަން ޕާސްތައް މުއްދަތު ހަމަވާ ތާރީހާ ހަމައަށް ބޭނުން ކުރެވޭނެކަމަށާ މުއްދަތު ހަމަވުން ސީޒަން ފާސްތައް ދެން އައުކޮށް ނުދޭނެކަމަށެވެ.