ފީނަން ގޮސް އުޅުނު ރ. ދުވާފަރު މީހަކު މަރުވެއްޖެއެވެ.

އުމުރުން 51 އަހަރުގެ އިސްމާއީލް މޫސާ މިހާރު ވަނީ އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އުނގޫފާރު ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު ހަސަން ފަޒީލް ވިދާޅުވީ އެމީހާ ހޮސްޕިޓަލަށް ގެން ދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެމީހާ މަރުވެފައި ވަނީ ގެނބިގެން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ވަނީ ވިދާޅުވެފައެވެ.

މި ހާދިސާ އާ ގުޅިގެން ފުލުހުން ބުނީ ރ އަތޮޅު ޔޫ އެންޑް މީ ރިސޯޓު ކައިރިއަށް ފީނަން ފޭބި މީހަކު ހަބަރު ހުސްވެގެން އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު މެންދުރުފަހު 2:12 ހާއިރު ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.