ފުލުހެއްގެ އަނގަމަތި ފަޅާލި މީހަކު 2 އަހަރަށް ޖަލަށް ލާން ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލާފައި ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ހޮޅުދޫ، ނަސީމީވިލާ، އަލީ ނިޒާމްގެ މައްޗަށެވެ. މި މައްސަލައިގައި ދައުލަތުން އެ މީހާގެ މައްޗަށް އުފުލާފައިވަނީ، އަނިޔާއެއް ދިނުމުގެ ދައުވާއެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ހިނގި ހާދިިސާގައި އޭނާ ދެ ފުލުހަކަށް އަނިޔާކޮށްފައިވާ ކަމަށް މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބުނެއެވެ. އެއީ އޭނާ ދިރިއުޅޭ ގޭގެ ތަކެއްޗަށް ގެއްލުންދޭ ކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ދިޔަ ދެ ފުލުހެކެވެ.

މި މައްސަލައިގެ ޝަރީއަތުގައި އެ ނިޒާމް ވަނީ އޭނާ ކުރި ކުށަށް އިއުތިރާފުވެ، އަދި ވީހާވެސް ލުއި އަދަބެއް ދިނުމަށް އެދިފައެވެ. މިގޮތުން ނ. ހޮޅުދޫ ކޯޓުން ވަނީ އޭނާ ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ހޮޅުދޫ މީހަކު ފުލުހެއްގެ އަނގަމަތި ފަޅާލިއިރު ފުލުހެއްގެ އަނގަމަތި ފަޅާލި މައްސަލައެއްގައި މިދިޔަ އަހަރު ހއ.ހޯރަފުށްޓަށް ނިސްބަތްވާ ފިރިހެނަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.