ދުނިޔޭގެ ހިތުގެ ދުވަހާ ގުޅިގެން، އާއްމުން ހޭލުތެރިކުރުމަށް އެޗްޕީއޭއިން ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

"ފަތާ ހިތް" މި ނަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ސްވިމިން އެސޯސިއޭޝަންގެ ދަރިވަރުންނާއި، އަދި އާއްމުންގެ ތެރެއިން ގިނަ ބަޔަކު ބައިވެރިވެފައި ވާއިރު މި ހަރަކާތް ބާއްވާފައި ވަނީ ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ އެޗްޕީއޭއާއި މޯލްޑިވްސް ސްވިމިން އެސޯސިއޭޝަން އިން އިސްނައިގެންނެވެ.

"ނޯ ހާޓް، ޔޫޒް ހާޓް" މި ޝިއާރުގައި ފާހަގަ ކުރަމުންދާއިރު މި ޝިއާރުގެ މަގްސަދަކީ މި ދުވަހާއި ގުޅިގެން ކޮންމެ މީހަކުވެސް، ތިމާގެ ހިތުގެ ދުޅަހެޔޮކަމާއި، އަދި ތިމާ ދިރިއުޅޭ މާހައުލާއި ހުރި ގުޅުމާއި އަދި ހިތުގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ފަރުދީ ގޮތުން ތިމާއަށް ގެނެވިދާނެ ބަދަލުތަކާއިމެދު ވިސްނާ އަމަލުކުރުމެވެ.

މިދާ ދުނިޔޭގެ ހިތުގެ ދުވަހަކީ، ‎ހިތާއި ލޭނާރުގެ ބަލިތަކާ މެދު ހޭލުންތެރިކަން އިތުރު ކުރުމަށް ފާހަގަ ކުރާ ދުވަހެކެވެ.