ހޫނުގަދަވުމުގެ ސަބަބުން ބޭރަށްދާ މިންވަރު މަދުކޮށް ގިނަ ވަގުތު ގޭގައި ތިބުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން ވަނީ ހޫނުގަދަވުމުގެ ސަބަބުން ހަށިގަނޑަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރި ވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ.

އިރުގެ ދޯދިންނާއި ހޫނުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް:

  • ކުޑަ ބޭނުން ކުރުން
  • ކުލަ މަޑު، ހަންގަނޑު ނިވާވާފަދަ ދޫ ހެދުންލުން
  • ބޮޑަށް ހިޔާވާކަހަލަ ފުޅާ ތޮތްޕެއް ބޭނުން ކުރުން
  • ގިނަވަގުތު އަވީގައި ހޭދަކުރާނަމަ SPF-15 އަށްވުރެ މަތީގެ ސަންސްކްރީން ލޯޝަން ބޭނުންކުރުން
  • ހަށިގަނޑުން ފެންމަދުވިޔަ ނުދިނުމަށް ކަރުނުހިއްކި ނަމަވެސް ގިނައިން ފެން ބޭނުން ކުރުން
  • ޔޫވީ ރޭޑިއޭޝަން ފިލްޓާކޮށްދޭ ފަދަ އަވިއައިނެއް ބޭނުންކުރުން
  • ހަށިގަނޑުން ފެން ބޭރުވިޔަ ނުދިނުމަށް ގިނައިން ހަކުރު ހުންނަ ބުއިންތައް ބޭނުން ނުކުރުން

ހޫނު ގަދަވުމުގެ ސަބަބުން ދިމާވެދާނެ ބައެއް ސިއްހީ މައްސަލަތައް:

  • ބޮލުގައި ރިއްސާ ބޯ އެނބުރުން
  • ވަރުދެރަވުން
  • އަކުނިވަޔަށް ދެމުން
  • ލޮލަށް ގެއްލުން ލިބުން
  • ހަންގަނޑު އެނދުމުގެ ސަބަބުން ހަންގަނޑު ރަތްވެ ފޮޅުނެގުން، ރަތް ބިހިނެގުން
  • ހަށިގަނޑުން ފެންމަދުވުމުގެ ސަބަބުން ކުޑަކަމުދެވޭ މިންވަރު މަދުވުން އަދި ކުޑަކަމުދާއިރު ކުލަ ގަދަކޮށް ހުރުން

މިއަދާއި ކުރިއަށް އޮތް 3 ދުވަހު އިހްސާސް ކުރެވޭ ފިނިހޫނުމިން 38 ޑިގްރީ ސެލްޝިއަސްގައި ހުންނާނެ އިރު މިއަދު ހިއުމިޑިޓީ ހުރީ 67 ޕަސެންޓުގައެވެ. އަދި އަންނަ އަންގާރަ ދުވަހު އިހްސާސް ކުރެވޭ ފިނުހޫނުމިން 39 ޑިގްރީ ސެލްޝިއަސްއަށް އަރާނެ ކަމަށާއި އެއަށްފަހު އިހްސާސްކުރެވޭ ފިނިހޫނުމިން ދަށަށް ދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.