އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސް އާ ގުޅިވަޑައިގެން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު ދަ ޑިމޮކްރެޓްސް ދޫކޮށް، އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާސިރު އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައި ވަނީ ދަ ޑިމޮކްރެޓްސް އިން ހިންގާ ހަރަކާތްތަކާ ދުރުގައި ދުވަސްކޮޅަކު ހުރުމަށްފަހުގައެވެ. އަދި އެނގިފައިވަ ގޮތުގައި ޔާސިރު ވަނީ ރައީސުލްޖުމްހުރިއްޔަ އިބްރާހިމް މުހައްމަދު ސޯލިހާ މިރޭ މުލިއާގޭގައި ބައްދަލު ކުރައްވާފައެވެ.

ޔާސިރު ދަ ޑިމޮކްރެޓްސް ދޫކުރައްވާ އެމްޑީޕީ ގުޅިވަޑއިގެންފައިވާ އިރު، އެ ގޮތަށް ނިންމެވީ ކޮން ސަބަބަކާ ހުރެ ކަން އަދި ސާފުވާ ގޮތެއް ނުވެއެވެ.

ޔާސިރަކީ އެމްޑީޕގެ ރިޔާސީ ޕްރައިމަރީން ރައްޔިތުން މަޖިލީހުގެ ރައީސް ބަލިވެވަޑައިގަތުމުން އުފެއްދި ފިކުރެއްގެ ދިރުމާއެކު އެމްޑީޕީން ވަކިވަޑއިގެން 13 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެންބަރެކެވެ. އޭރު އެމްޑީޕީން ވަކިވެވަޑއިގެން މެންބަރުން ވަނީ އެމްޑީޕީގެ ސިޔާސަތުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ނުގެންދާ ކަމަށާއި އެމްޑީޕީ އަކީ ކޮރަޕްޝަންގެ އަމަލުތައް ހިންގާ ބައެއް ގެ ގޮތުގައި ސފަ ކުރައްވާފައެވެ.