އުމުރުން 34 އަހަރުގެ އިންޑިއާ މީހަކަށް ކުދި ކުދި ސްޓްރޯކް ޖެހޭލެއް ގިނަ ކަމުން އާންމު ދިރިއުޅުމުގެ ކަންކަމުން މަހުރޫމުވެގެން އުޅެން ޖެހިފައި ވަނިކޮށް އީޛާދީ ފަރުވާ އަކުން އެމީހާ ސަލާމަތް ކޮށްފިއެވެ.

ރޯހަން ނަމަކަށް ކިޔާ އެ މީހާކަށް ދިމާވެފައިވާ ސިއްހީ މައްސަލައަކާ ހުރެ ޖެހެމުން ދިޔައީ ޓްރާންސިއެންޓް އިސެމިކް އެޓޭކްސް (ޓީއައޭ) އެވެ. އެއީ ދޭތެރެ ދޭތެރެ އިން ޖެހޭ ކުދިކުދި ސްޓްރޯކަށް ކިޔާ ނަމަކެވެ. ނުވަތަ އެއީ ފޯކަލް ސެލެބްރަލް އެޓްރިއޮޕަތީ (އެފްސީއޭ) ދިމާވެ ސިނކުނޑިއަށް ލޭފޮނުވައިދޭ ނާރު ފިތުމުން ދިމާވާ މައްސަލައެކެވެ. ބައެއް ފަހަރު ނިދާހޭލާ އިރު ފަޔާއި ކޮނޑުމަތިން އައްސިވުމާއި އިށީނދެ އިންނަ އިރުވެސް ވާގިނެތި އައްސިވާގޮތް ދިމާވަމުން ދިޔަ ރޯހަން ފަރުވާ ކުރީ ބެންގަލޫރުގެ ނަރަޔާން ހެލްތު ހޮސްޕިޓަލުގައެވެ.

ރޯހަންގެ ބޮޑުބޭބެ ބުނީ، 3 މަހެއް ވާންދެން އެވްރެޖް ކޮށް ކޮންމެ ދުވަހަކު 6 ފަހަރު ރޯހަން އަށް ސްތްރޯކް ޖެހިފައިވާ ކަމަށެވެ. އެއީ ފުރާނައަށް ގެއްލުންވާ ވަރުގެ ސްޓްރޯކެއް ނޫން ނަމަވެސް އެކަމުގެ ސަބަބުން އާންމު ހާލަތުގައި އުޅުމަށް ހުރަސްއެޅިގެން ދެއެވެ.

ސްޓްރޯކްގެ ދެވައްތަކެއް ހުންނަ އިރު އެއްވައްތަރަކީ، ނާރު ބެދިގެން ސިކުނޑިއަށް ލޭ ފޮނުވައި ނުދިނުމުން ޖެހޭ ސްޓްރޯކެވެ. ދެވަނަ ވައްތަރަކީ ސިކުނޑީގެ ލޭ ހޮޅިއެއް ފަޅައިގެން ދިޔުމުގެ ސަބަބުން ޖެހޭ ސްޓްރޯކެވެ. އިސެމިކް ސްޓްރޯކް [ކުދިކުދި ސްޓްރޯކް] ކުރިން ދެނެގަނެވިއްޖެ ނަމަ ބޮޑު ސްޓްރޯކެއް ނުޖެހި މީހާ ސަލާމަތް ކުރުމުގެ ފުރުސަތު އޮވެއެވެ.

ރޯހަން އަށް ދިމާވި މައްސަލައަކީ ލޭހޮޅިއެއް ފިތި ސިކުނޑިއަށް ލޭ ފޮނުވައި ނުދިނުމުގެ މައްސަލައެވެ. އެހާލަތުގައި ސްޓެރޮއިޑްސް އާއި ބްލަޑަ ތިނާސް [ލޭދިޔާ ކުރާ ބޭސް] ދީގެން ބައެއް މީހުން ރަނގަޅު ވި ނަމަވެސް ރޯހަނަށް އެކަމުން އެއްވެސް އަސަރެއް ނުކުރިއެވެ.

ރޯހަން އާއި އާއިލާއިން ނަރަޔާނާ ހެލްތް ހޮސްޕިޓަލަށް ދިޔުމުން ޑޮކްޓަރުން ފުރަތަމަ މަސައްކަތް ކުރީ، ސްޓެންޓެއް ލައްވައިގެން ފަރުވާ ދިނުމަށެވެ. ނަމަވެސް އެއީ އޭނާގެ ލޭ ހޮޅިއަަށް ގެއްލުން ވެދާނެ ކަމެއް ކަމަށް ބަލައި ޑޮކްޓަރުން ނިންމީ، ބެލޫން ލައްވައިގެން އެންޖިއޯޕްލާސްޓީއެއް ހަދާށެވެ. އެގޮތުން ލެއްވި ބެލޫންގައި ބޭހުގެ ކޯޓެއް ހާކައި ލޭ ހޮޅީގެ ފިތިފައި ހުރި ހިސާބަށް ވެއްދުމަށް ފަހު ފުއްޕާލާފައި އިރުކޮޅަކު ބެހެއްޓިއެވެ. އެއާއެކު ބެލޫންގައި ހުރި ބޭސް ލޭ ހޮޅީގެ ތެރެއިން ދެމިގަނެގެން ދިޔުމުން، ދެން ލެއްވީ ސެޓެންޓެ އެކެވެ.

އެ ފަރުވާއާެއެކު މިހާރު ރޯހަން ހަމައަކަށް އެޅިފައި ވާ އިރު، އާދައިގެ މަތިން މިހާރު ވަޒީފާއަށް ގޮސް އުޅެވޭކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.